ބ.އަތޮޅު ކަމަދޫ ބަނދަރު ތަރައްޤީ ކުރުމަށް ބޭނުންވާ ސާމާނު އެރަށަށް އަރުވާ ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގއިން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 47.01 މިލިއަން ރުފިޔާއަށް 400 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
ކަމަދޫ ބަނދަރު މަރާމާތު ކުރުމުގެ މަޝްރޫއުގެ ދަށުން 25،636 ކިއުބިކް މީޓަރު ބަނދަރު ފުންކުރުމާއި، 180 މީޓަރު ބޭރުތޮށި ޖެހުން ހިމެނެއެވެ. އަދި 628 މީޓަރު ރިވެޓްމަންޓް ޖެހުމާއެކު، 346 މީޓަރު އެއްގަމުތޮށި ޖެހުންވެސް މިމަޝްރޫގައި ހިމެނެއެވެ. މީގެއިތުރުން 70 މޫރިން ރިންގް ހަރުކުރުމާއި، 10 މޫރިން ބޮއި ހަރުކުރުން ހިމެނެއެވެ. އަދި 1730 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، ރޭމްޕްހެދުމުގެ އިތުރުން ނެރުބައްތިޖެހުމާއި މަގުބައްތި ޖެހުންވެސް ހިމެނެއެވެ.