ދީވާ އޮފް ދަ ބޮލީވުޑް ގެ ގޮތުގައި މަޝްހޫރުވެފައިވާ ބަތަލާ ރޭކާ އަކީ އޭނަގެ ޒުވާން ކަމަށް ބަދަލެއް ނައި ފަންނާނެކެވެ.
އަބަދުވެސް ހަށިގަނޑު ރީތިކޮށް ފިޓްކޮށް ހުންނަ ރޭކާ އަކީ ކޮންމެ ފެނިލުމަކުން ވެސް ޒުވާން ހިތްތަކެއް އޭނަގެ ޖާދޫގައި ޖެހޭ ތަރިއެކެވެ.
އެގޮތުން އޭނަގެ ހަށިގަނޑު ރީތިކޮށް ހުންނަ ކަމަކީ އޭނަގެ ކެއުމުގެ އާދަ ގެންގުޅޭ ގޮތް ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ. ތެޔޮލީ އެކި ފާޑުގެ ކެއުން ތަކާއި އެކި ކަހަލަ ފޮނި އެއްޗެއްސާއި އޭނާ ގަޔާ ނުވާ ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.
ރޭކާ ހާމަކޮށްފައިވާ ގޮތުގައި އޭނާ ކައި އުޅެނީ ތަރުކާރީގެ ބާވަތް ތަކެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް 3 އިރަކު އޭނާ ކައި ހަދައެވެ. އަދި ރޭގަނޑޫ ލަސްކޮށްފައި ކެއުން ފަދަ ކަންތަށް ނުކުރާ ކަމަށާއި ހެނދުނުގެ ނާސްތާ އަކީ ކޮންމެހެން ވެސް ނަގަން މުހިއްމު އެއްޗެއް ކަމަށް އޭނާ ވަނީ ހާމަ ކޮށްފައެވެ.
ގިނަގިނައިން ފެން ބުއިމާއި އަމިއްލަ ހަށީގަނޑު ދެކެ ލޯބިވުމާއި ހަށީގަނޑަށް ފައިދާ ނެތް ކެއުންތަކާއި ދުރުވުމަށް ވެސް އޭނާ ވަނީ ނަސޭހަތް ވެފައެވެ.
ރޭކާ ވަނީ މިހާތަނަށް 180 އަށް ވުރެ ގިނަ ފިލްމްކުޅެ ފިލްމީ ދާއިރާގައި 50 އަށް ވުރެ ގިނަ އަހަރުވަނީ ހޭދަކޮށްފައެވެ.