ހަށިގަނޑުގެ ބަރުދަން ލުއިކުރުމަކީ ކޮންމެ މީހެއް ވެސް ކުރަން ބޭނުންވާނެ ކަމެކެވެ. އެގޮތުން ކަސްރަތު ކުރިއަސް ނުހިކޭ ކަމަށް ބައެއް ފަރާތް ތަކުން ދަނީ ބުނަމުންނެވެ.
ދިރާސާތަކުން ހާމަވާ ގޮތުގައި ކަސްރަތު ކުރަން އެންމެ ރަނގަޅު ވަގުތަކީ ހެނދުނުގެ ވަގުތެވެވެ. ހެދުނު ހޭލައިގެން ކަސްރަތު ކުރާ މީހުންގެ މޫނުމަތިން އުފާވެރިކަމާއި ހިތްހަމަޖެހުމާއި ތާޒާކަން ފެންނުމުގެ އިތުރުން އެދުވަހުގައި މީހާގެ ހަށިގަނޑުން ކަންނެތް ކަން ފިލުވާލައެވެ.
އަދި މީހާ ދުޅަހެޔޮކޮށް ރީތި ހުރުމަށްވެސް އެންމެބޮޑަށް ކަސްރަތުން އެހީ ފޯރުވައިދޭ އެއްވަގުތަކީ ހެނދުނެވެ. ހެނދުނުގެ ވަގުތު އިރުގެ ދޯދިތތަކުން ލިބޭ ވިޓަމިން ޑީ އަކީ ހަންގަނޑުގެ ދުޅަހެޔޮ ކަމަށް މުހިއްމު މާއްދާ އެކެވެ.
މީގެއިތުރުން ރޭގަނޑު ނިދާފައި އޮންނަ ވަގުތުތަކުގައި ނުކައި ހުރުމުގެ ސަބަބުން ހަށިގަނޑަށް ފެޓްސް ނުލިބި، މަސްތަކުގައި ހަކުރު ހުންނަ މިންވަރު މަދުވުމުން ހެނދުނުގެ ވަގުތުގައި ކަސްރަތުކުރާއިރު ހަކަތަ އުފެއްދުމަށްޓަކައި ހަށިގަނޑުން ”ފެޓް ރިޒާވް“ތައް ބޭނުންކުރެވިގެން ދެއެވެ.
ހެނދުނުގެ އިތުރުން ރޭގަނޑުގެ ވަގުތަކީ ވެސް ކަސްރަތު ކުރުމަށް ރަނގަޅު ވަގުތެއް ކަމުގައި ގިނަ ފަރާތް ތަކުން ދަނީ ހާމަކުރަމުންނެވެ. އެގޮތުން ރޭގަނޑުގެ ކެއުމަށްފަހު ކަސްރަތު ކުރުމުގެ ސަބަބުން ބަނޑުގައިވާ މަސްތަކަށް ލުޔެއް ލިއްބައިދެއެވެ. އަދި ރޭގަނޑުގެ ކަސްރަތައް ފަހު ކެއުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެހެނީ ރޭގަނޑު ކަސްރަތަށް ފަހު ކެއުމަކީ ހަށިގަނޑު ފަލަކޮށްލާ ކަމެކެވެ.