އައިޖީއެމްއެޗަށް ދާ ފަރާތްތަކުން މާސްކް އަޅައިގެން ދިޔުމަށް އެ ހޮސްޕިޓަލުން އިލްތިމާސް ކޮށްފިއެވެ.
އެ ހޮސްޕިޓަލުން މާސްކް އަޅައިގެން ދިޔުމަށް އާންމުންނަށް އިލްތިމާސް ކޮށްފައި ވަނީ ރާއްޖޭގައި ކޮވިޑް-19 ގެ ކޭސްތައް މަދުވެފައި އޮތުމަށް ފަހު އިތުރުވަމުން ދާތީ އާންމުން ސަމާލުވުމަށް އެޗްޕީއޭއިން ގޮވާލާފައި ވަނިކޮށެވެ.
މާސްކް އަޅައިގެން ދިޔުމަށް އިލްތިމާސްކޮށް މިއަދު ނެރުނު ނޫސްބަޔާނުގައި އައިޖީއެމްއެޗުން ބުނީ، ކޮވިޑް ޖެހޭ މީހުން އިތުރުވަމުން ދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވާ ކަމަށާއި، އެހެންކަމުން ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން، ޑޮކްޓަރަށް ދައްކަން ދާ ބަލިމީހުންނާއި، ބަލިމީހުންގެ އެހީތެރިންނާއި، އެ މީހުންނަށް ޒިޔާރަތް ކުރަން ދާ މީހުން މާސްކް އަޅައިގެން ދިޔުމަށް އައިޖީއެމްއެޗުން އިލްތިމާސް ކުރެއެވެ.
އަދި ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި ހުރިހާ ފަރާތްތަކަކުން ވެސް އެއްބާރުލުން ދިނުމަށް އެ ހޮސްޕިޓަލުން އެދިފައިވެއެވެ.