އިޓަލީ ވިލާތުގެ ޓުސްކެނީ ކައިރީގައިވާ ފަރުބަދަތީ ސަރަޙައްދަކުން ދަތުރުކުރަމުން ދަނިކޮށް ހެލިކޮޕްޓަރެއް ވެއްޓިޖެވެ.
ހެލިކޮޕްޓަރު ވެއްޓުނު ސަރަޙައްދުން އެއިން ދަތުރު ކުރި ދިޔަ ހަތް މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. ނަމަވެސް، އިތުރު ދެ މީހެއްގެ ހަށިގަނޑު އަދިވެސް ނުފެންނަ ކަމަށް ޓުސްކެނީގެ ގަވަރުނަރު ޔޫޖީނިއޯ ޖިއާނީ ވިދާޅުވިއެވެ.
މި ހެލިކޮޕްޓަރު ވެއްޓިފައި ވަނީ ޓުސްކެނީގެ ލޫކާއިން ފުރައިގެން ޓްރެވީސޯއަށް ދަތުރު ކުރަމުން ދަނިކޮށެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް ލަފާކުރެވެއެވެ. މި ހެލިކޮޕްޓަރު ވެއްޓުނު އިރު އެއިން ދަތުރު ކުރަމުން ދިޔަ މީހުންގެ ތެރޭގައި ތުރުކީ ވިލާތުގެ ހަތަރު ފަސިންޖަރުން ހިމެނެއެވެ. ދެން ތިބި ދެ ފަސިންޖަރުންނަކީ ލުބުނާނަށް ނިސްބަތްވާ މީހުންނެވެ.