ހޮނިހިރު, ޖުލައި 2, 2022
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ދެޖިންސުގެ ދަރިންގެ މެދުގައި ގެންގުޅޭ ތަފާތުކުރުން – ރަނގަޅުކުރަން ޖެހިފައިވާ އާދައެއް

މަރިޔަމް ލިޔުނީ: މަރިޔަމް
ފެބްރުއަރީ 8, 2022
ރިޕޯޓް
0
ދެޖިންސުގެ ދަރިންގެ މެދުގައި ގެންގުޅޭ ތަފާތުކުރުން – ރަނގަޅުކުރަން ޖެހިފައިވާ އާދައެއް

ގޭތެރޭގެ ޒިންމާތައް ވަކި ޖިންސަކަށް ޚާއްސަކުރެވުން މިއީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އަށަގެންފައިވާ ނުރަނގަޅު އާދައެކެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބޮޑެތި ބަދަލުތަކާއި އެކު މި އާދަތައްވެސް ބަލުވާންޖެހެއެވެ. ދިރިއުޅުމުގައި އެންމެންވެސް ހިއްސާވެ އެހީތެރިކަން ފޯރުކޮށްދޭންޖެހެއެވެ.

ކުރިއާއި އަޅަބަލާއިރު މި ކަންކަމަށް ކޮންމެވެސް ވަރެއްގެ ހެޔޮބަދަލެއް އައިސްފައިވީނަމަވެސް އަދިވެސް ރާއްޖޭގެ ބައެއް ސަރަހައްދު ތަކުގައި މިއާދަ ވަރަށް ބޮޑަށް ހަރުލާފައިވާކަން ފާހަގަކުރެވެއެވެ.

ގޭތެރޭގެ ޒިންމާތައް އެއްފަރާތް ކޮށްލަމާހެއްޔެވެ. ފުރަތަމަ ކުއްޖާގެ އަމިއްލަ ކަންތަކެވެ. ކައިފައި ތަށި ދޮވުމާއި، ނިދާ ހޭލާ ތަންމަތި ރީތިކުރުމާއި އުޅޭ ކޮޓަރި ފޮޅާ ސާފުކުރުމަކީ ވަކި އުމުރަކަށް ދިއުމުން ކޮންމެ ޖިންސެއްގެ ކުއްޖަކަށްވިޔަސް އަމިއްލައަށް ކުރެވެންވާނެ ކަންތަކެވެ.

ނަމަވެސް މިފަދަ ކަންކަން ހާއްސަވެފައި އޮންނަނީ ގޭގައި އުޅޭ އަންހެނުންނަށެވެ. އަންހެން ކުދިންނެކޭ އެއްގޮތަށް ފިރިހެން ކުދިންނަށްވެސް އެކުދިންގެ އުމުރާއި ގުޅޭގޮތަށް ޒިންމާތަށް ހަވާލް ކުރަންޖެހެވެ. ޅަ އުމުރުގައި އެކުދިންގެ ޒިންމާތައް އެކުދިންނަށް ދަސްކޮށްދޭން މަސައްކަތްކުރަންޖެހެއެވެ.

ކުދިން ބޮޑުވެ އަމިއްލަ ދިރިއުޅުމެއް ފަށަން ތައްޔާރުވުމުން އަންހެން ކުއްޖާއަށް ދިރިއުޅުމުގެ ކަންކަން ދަސްވެފައި ހުރި މިންވަރާއި މެދު ސުވާލު އުފެދޭ ފަހަރު އާދެވެ. ނަމަވެސް ގޭތެރޭގެ ކަންކަމުގައި ފިރިހެން ކުއްޖާއަށް އެހީވެވޭނެ މިނަވަރާއި މެދު ސުވާލު އުފެދޭނީ މަދު ފަހަރަކުއެވެ.

މި އާދަ އަޅުގަނޑުމެންގެ މުޖްތަމައުގައި އަށަގެންފައިވާ މިންވަރުގެ ސަބަބުން، މިކަން އިސްލާހް ކުރަން ބޭނުންވެ، އެކަމަކު ކުރަން ޖެހިލުންވާ ފަހަރުވެސް އާދެއެވެ. މީހުން ކިޔާފާނެ އެއްޗަކަށް ވިސްނާލާފައެވެ. ފިރިހެން ދަރިއަކު ގޭތެރޭގެ ކަމެއްގައި އުޅެލައިފި ނަމަ އަންހެން ދުޅާ ވީއެވެ. ގޭތެރޭ ކަމެއްގައި އަނބި މީހާއަށް އެހީތެރިވާން ވަގުތު ހުސްކޮށްފި ނަމަ އަނބި ދަށުވީއެވެ. މި ބޯދާ ވިސްނުން ބަލަލުކުރަން ޖެހެއެވެ.

ތަންމަތީގައި ބަލިވެ އޮންނަ މައިން ބަފައިންނަށް އަޅާލުމަކީވެސް މި ފަދަ ޒިންމާއެކެވެ. މި ޒިންމާވެސް ހާއްސަވެފައިވަނީ ގޭގައި އުޅޭ އަންހެނުންނަށެވެ. އަންހުނުންނަށް ނޫނީ އަދާ ނުކުރެވޭ ޒިންމާތައްވެސް ހުރެއެވެ. ހަމަ އެގޮތަށް ފިރިހެނުންނަށް ހާއްސަ މަސައްކަތްތައްވެސް ހުރެއެވެ.

އެހެންނަމަވެސް މުސްކުޅިވެ ގައިބާރު ދެރަވެފައިވާ މައިން ބަފައިންނަށް އަޅާލުމުގައި ދެޖިންސުގެ މީހުންވެސް އެސްވަރަކަށް ޝާމިލްވާން ޖެހެއެވެ. ކާންދިނުމާއި އަތާއި ފައިގެ ނިޔަފަތި ކަނޑާދިނުމާއި ގޮވާގެން ބޭރަށްގޮސްލުމަކީ ފިރިހެނުންނަށްވެސް ކުރެވިދާނެ ކަންކަމެވެ.

މިފަދަ ކަންކަން އިސްލާހްކުރުމަށް އެންމެބޮޑަށް ބާރު އަޅައިދޭ އެއް ކަމަކީ ކުދިންނަށް އެކުދިންގެ ޅަ އުމުރުގައި ދައްކުވައިދެވޭ ރިވެތި ނަމޫނާއެވެ.

ކުދިންނަށް ރަނގަޅުގޮތް ކިޔައި ދިނުމުގެ އިތުރުން އަމަލުންވެސް އެކަން ދައްކުވައިދޭން ޖެހެއެވެ. ކައިފައި ތަށިދޮވުމަކީ މަންމައަށް ފަސޭހަކޮށޮދިނުންކަމުގައި ބުނެދިނުމުގެ ބަދަލުގައި އެއީ އެކުދިން އަދާކުރަންޖެހޭ ޒިންމާއެއްކަން ވިސްނައިދީ، އެކަމުގެ މުހިންމުކަން ބުނެދޭންޖެހެއެވެ. އަދުގެ ވަޒިފާގެ މާހައުލުގައި އަންހެނުންގެ ބައިވެރިވުން އިތުރުވެފައިވާ ފަދައިން، ގޭތެރޭގެ ޒިންމާ ތަކުގައި ފިރިހެނުންގެ ބައިވެރިވުން އިތުރުވާން ޖެހެއެވެ.

ގުޅުންހުރި ލިޔުންތައް

ބުލީ ކުރުން ފެޝަނަކަށް، މައިންބަފައިންގެ ދައުރު ބޮޑު

ބުލީ ކުރުން ފެޝަނަކަށް، މައިންބަފައިންގެ ދައުރު ބޮޑު

ޖޫން 19, 2022
ދައުލަތަށް ޚިދުމަތްކުރެއްވުމުގެ އިނާމް ހޯދެއްވި ޢަބްދުﷲ ރަމީޒްގެ ޚިދުމަތުގެ ވާހަކަ

ދައުލަތަށް ޚިދުމަތްކުރެއްވުމުގެ އިނާމް ހޯދެއްވި ޢަބްދުﷲ ރަމީޒްގެ ޚިދުމަތުގެ ވާހަކަ

ޑިސެމްބަރ 27, 2021
ދެގެރި ތަޅަންޏާ ކަށްގަލަ ބާރު ކުރާނެ!

ދެގެރި ތަޅަންޏާ ކަށްގަލަ ބާރު ކުރާނެ!

ޑިސެމްބަރ 9, 2021
ސަރުކާރަށް ”ތިނެއް“ : ”ބާޠިލަކީ ޙައްޤުކަމަށް“ އިމްރާނަށް ފެނިވަޑައިގެންފި

ސަރުކާރަށް ”ތިނެއް“ : ”ބާޠިލަކީ ޙައްޤުކަމަށް“ އިމްރާނަށް ފެނިވަޑައިގެންފި

ނޮވެމްބަރ 17, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ފިޒިއޯ ސޮލޫޝަންސް: ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް

    ފިޒިއޯ ސޮލޫޝަންސް: ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް

    0 shares
    Share 0 Tweet 0
  • އަލަމްގީރު: ތައުބާވެއްޖެއިން މައާފުކޮށްދީ

    0 shares
    Share 0 Tweet 0
  • ޕީޕީއެމް އިން ވަކިކުރުމަށްފަހު ޕީޕީއެމް މެޖޯރެޓީ ކައުންސިލުން ކުރަނީ ޖެއްސުން

    0 shares
    Share 0 Tweet 0
  • ރިލްވާނާއި ޔާމީނުގެ މަރުގެ މައްސަލައިގައި ގަޓު މުއާވެސް ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In