ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ އަންހެނުންގެ ވޯޑް އިމާރާތުގައި ވީއާރުވީ އޭސީ އަދި ފްރެޝް އެއާ ސިސްޓަމް ގާއިމްކުރަން ޕްރޯ އޭ.ސީ އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާ އެކު މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި މަސައްކަތް ހަވާލު ކުރެވުނީ 767،799.22 (ހަތް ލައްކަ ފަސް ދޮޅަސް ހަތް ހާސް ހަތް ސަތޭކަ ނުވަދިހަ ނުވަ ރުފިޔާ ބާވީސް ލާރި) އަށް 105 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ކޭއާރުއެޗުން ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން އެ ހޮސްޕިޓަލްގެ އަންހެނުންގެ ވޯޑް އިމާރާތުގައި ވީ.އާރު.ވީ އޭސީ އަދި ފްރެޝް އެއާރ ސިސްޓަމް ޤާއިމްކުރެވިގެންދާނެއެވެ.
މި މަސައްކަތް ނިމި ހިދުމަތް ދެވެން ފެށުމުން، ހޮސްޕިޓަލުގެ ބަލި މީހުން ތިބޭ ހުރިހާ ވާޑެއްގައި ފުރެޝްއެއާ ސިސްޓަމް ހަރުކުރެވިގެން ދާނެ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.