އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން އިން ރާއްޖެއަށް އެތެރެކޮށް ވިއްކާ ބުރޭންޑްތަކުގެ މުދާ ރާއްޖޭގެ ހުރިހާ ރަށެއްގައި ފަސޭހަކަމާއެކު ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދިނުމަށްޓަކައި އޭޖެންޓުންނަށް ވުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފިއެވެ.
އެސްޓީއޯ އިން ބުނީ މި ފުރުސަތު ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލެވިފައިވާއިރު އެސްޓީއޯއިން އަބަދުވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ވަރަށް މުހިންމު އިސްކަމެއްދޭ ކަމަށެވެ. އަދި އެސްޓީއޯއިން ބޭނުންވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފަސޭހަކަމާއެކީގައި ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެގޮތުން އެސްޓީއޯ އެޖެންޓުގެ ގޮތުގައި އައްޔަންކުރެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ނުވަތަ ވިޔަފާރިއެއް ހިންގާ ފަރާތްތަކަށް ކަމަށް އެސްޓީއޯއިން ބުނެ އެވެ. މީގެއިތުރުން އޮންލައިން ވިޔާފަރި ކުރާ ފަރާތްތަކަށް ވެސް އެޖެންޓަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސް އޭޖެންޓަކަށް ވާން ބޭނުން ފަރާތްތަކުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އޭޖެންޓަކަށް ވުމަށް އެދޭ ފޯމް ފުރުމަށްފަހު 31 ޖެނުއަރީ 2022 ގެ 14:00 ގެ ކުރިން sales@sto.mv އަށް އީމެއިލް ކުރުމަށް ވަނީ އެދިފަ އެވެ. ނުވަތަ އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް އަދި އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރު ކައުންޓަރަށް ހަވާލު ކުރެވިދާނެއެވެ.