ޕޯޓު ސޭފްޓީވީކްގެ ތެރެއިން ފުރަތަމަ ކުރިޔަށް ގެންދިޔަ ”ސޭފްޓީ ކަލްޗަރ އަވެއަރނެސް ވޯރކްޝޮޕް“ގެ ބައިވެރިންނަށް ވޯރކްޝޮޕް ނިންމިކަމުގެ ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ މި ވޯރކްޝޮޕް ފުރިހަމަ ކުރި 36 ބައިވެރިންނަށް ހޯމަ ދުވަހު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ސެޓްފިކެޓް ހަވާލުކޮށްދެއްވީ މި ކުންފުނީގެ އެސިސްޓެން ޖެނެރަލް މެނޭޖަރ މުހައްމަދު މަހުޖޫބުއެވެ.
ހަފްތާއެއްގެ މުއްދަތަށް އެމްޕީއެލް އިން ކުރިޔަށް ގެންދާ ސޭފްޓީވީކްގެ ފުރަތަމަ ވޯރކްޝޮޕް ނިމިފައިވާއިރު، ހުރިހާ ބައިވެރިންނަށްވެސް ވަނީ ސޭފްޓީ ކަލްޗަރ އާއި ބެހޭގޮތުންނާއި ކްރައިމް ޕްރެވެންޝަން މައުލޫއަށް އަލިއަޅުވައި މައުލޫމާތު ދީފައެވެ. މީގެއިތުރުން، ކެމިކަލް އަދި އައި.އެމް.ޑީ.ޖީ އާއި ބެހޭ ގޮތުން މައުލޫމާތު ދީފައިވާއިރު، މޫސުމާ ގުޅިގެން ދިމާވާ ކާރިސާތަކާއި ބެހޭ މައުލޫމާތުވެސް ވަނީ ދީފައެވެ.
ވޯރކްޝޮޕްގެ ބައިވެރިންނަށް މައުލޫމާތު ދީ އަހުލުވެރިކުރުމަށް ސެޝަންތައް ހިންގުމަށްޓަކައި، ދިވެހި ފުލުހުންގެ ހިދުމަތާއި، މޯލްޑިވިސް ނޭޝަނަލް ޑިފެންސް ފޯސްގެ އިތުރުން މޫސުމާއި ބެހޭ ގައުމީ އިދާރާގެ ބޭފުޅުން ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ. މީގެއިތުރުން، ކުންފުނިތަކުގައި ސަލާމަތާއި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތައް ބަލާލުމަށްޓަކައި އެންސިސް ފިޝަރީޒް އަށް ވޯރކްޝޮޕްގެ ބައިވެރިން ވަނީ ގޮސްފައެވެ.
މީގެއިތުރުން، ސައިބަރ ސެކިއުރިޓީ އާއި ގުޅިގެން މައުލޫމާތާއި ، ޓީމް ބިލްޑިންގ އެކްޓިވިޓީސްތަކެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ. ސޭފްޓީވީކްގެ އިތުރު، ވޯރކްޝޮޕްތަކެއް މި ހަފްތާ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ފަރސްޓް އެއިޑް ޓްރެއިނިނގް ކުންފުނީގެ އެކި މުވައްޒަފުންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓްގެ ފަރާތުން ބާއްވާ އެވައަރނެސް ސެޝަނަކާއި، އެކްސިޑެންޓް އެންޑް އިންސިޑެންޓް އެވަރނެސް ސެޝަނެއްގެ އިތުރުން ސްޓްރެސް މެނޭޖްމަންޓް ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
2019 ވަނަ އަހަރުން ފެށިގެން އެމްޕީއެލްއިން ސޭފްޓީ ވީކް ފާހަގަކުރުމުގެ ބޭނުމަކީ މަސައްކަތުގެ މާހައުލުގައި އުޅޭ އިރު ސަލާމަތާއި ރައްކާތެރިކަމަށް ހުރިހާ އެންމެވެސް ހޭލުންތެރިކޮށް އިސްކަންދޭ ސަގާފަތެއް އާލާކުރުމުވެ.