ރާއްޖެއިން މިއަދު އިތުރު 168 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 44 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 73 މީހުން ފައްސިވެފައިވެއެވެ.
ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު 50 މީހެއްގެ އިތުރުން ގައުމުން ބޭރުގައި ދިރިއުޅެމުން އަންނަ އެކަކު ވަނީ ބައްޔަށް ފައްސިވެފައެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 95،032 މީހުންނެވެ.
ބަލިން ފަސޭހަވެފައި ވަނީ 92،679 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 08 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 261 މީހުން ނިޔާވެފައި ވެއެވެ.