އަދުގެ ސަރުކާރުން ގެންދަނީ މާލޭގެ ރައްޔިތުން ނިކަމެތި ކުރަމުން ކަމަށާއި، އެކަން ސަރުކާރުން ކުރުން ހުއްޓާލަން ޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިމޭރުމުން ވިދާޅުވެފައި މިވަނީ ބީލަމުގެ އުސޫލުން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 60 ބިން ވިއްކުމަށް ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަނުން މިއަދު އިއުލާން ކުރުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ޑރ. މުއިއްޒު ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ހުޅުމާލެ 2 ވަނަ ފިޔަވަހިން މާލޭ ރައްޔިތުންނަށް ގޯތި ލިބޭނެގޮތް ފަހިކޮށްދިނުމަށްވުރެ ސަރުކާރުން އިސްކަންދެނީ ކުންފުންޏެއްގެ އާމްދަނީ އިތުރުކުރުމަށް ކަމަށެވެ. އަދި ސަރުކާރުން މާލެ ރައްޔިތުން ނިކަމެތިކުރުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލާ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މީގެ ކުރިންވެސް ޑރ. މުއިއްޒު ވަނީ، ސަރުކާރުން މާލޭ ރައްޔިތުން ނިކަމެތި ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އަދި މާލޭގެ ރައްޔިތުންގެ ލާބައާއި މަންފާއަށް ކައުންސިލުން ކުރަމުން އަންނަ ކަންކަމަށް ސަރުކާރުން އެކި ހުރަސްތައް ކުރިމަތި ކުރުވާ ކަމަށް ވިދާޅުވިއެވެ.
އެޗްޑީސީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކާނީ ބީލަމުގެ އުސޫލުން ކަމަށެވެ. އަދި ވިއްކުމަށް ހަމަޖެހިފައި ވަނީ 1،603.07 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ 60 ބިން ކަމަށް ބުންޏެވެ.
އެ ގޯތިތައް ދޫކުރަން ނިންމާފައި ވަނީ، އަތިރިމައްޗާ ކުރިމަތިން، ”ބީޗް ފްރަންޓް“ އަދި ”ބީޗް ސައިޑް“ އިންނެވެ.
Keyvvebaa Muizzuge araabaaru hingiiru bin vikki iru ekamaa dhekolhu nuhedhee. Mihaarutho Male‘ meehun fenunee
Thitha male meehundekelobivaairu 7 aharu housing minister kan kuri iru thikan kan nukodinee keevetho 7 aharu madeetho
އެކަން ދަސްކޮއްދީފާ ކޮންވާހަކައެއް ތިދައްކަނީ ސީދާ ތިމާގަތީ ކިތައް ބިންތޯ އަމިއްލައައް ވިސްނާލައްވާ