ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗުތައް ޑިސެމްބަރ 30 ގައި ބަންދުވާނެކަމަށާއި ބޭންކުގެ ބްރާންޗުތަކާއި ސަރވިސް ސެންޓަރުތައް ދެން ހުޅުވާނީ 2022 ވަނަ އަހަރު ޖަނަވަރީ 2 ވާ އާދިއްތަ ދުވަހު ކަަމަށް އެ ބޭންކުން ބުނެފި އެވެ.
އެ ބޭންކުން ބުނީ ބްރާންޗުތަކާއި ސަރވިސް ސެންޓަރުތައް ބަންދުކުރިނަމަވެސް މޮބައިލް އަދި އިންޓަރނެޓް ބޭންކިންގ އަދި ސެލްފް ސަރވިސް އޭޓީއެމްގެ ޚިދުމަތް ލިބޭނޭ ކަމަށެވެ.
ބީއެމްއެލް އިން އިތުރަށް ބުނީ ބޭންކުގެ ކޮންޓެކްޓް ސެންޓަރުގެ 3330200 ނަންބަރުން ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ވެސް ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ.