ހަނިމާދޫން ޕެޓްރޯލް ހުސްވެއްޖެއެވެ.
ހަނިމާދޫގައި ޕެޓްރޯލް ވިޔަފާރިކުރާ އަރުތަ ފިއުލްއިން ބުނީ މިއަދު ހަވީރުން ފެށިގެން ޕެޓްރޯލް ހުސްވެފައިވާކަމަށެވެ. އެތުމާ އިން ބުނީ މިރޭވެސް ޑިމާންޑާ އެއްވަރަށް ޕެޓްރޯލް ނެތްކަމަށެވެ.
އަދި ޕެޓްރޯލް ލިބޭނެ ވަކި ތާރިހެއް ބުނަން ނޭނގޭ ކަމަށްވެސް އެ ދެ ފިހާރައިން ބުނެއެވެ. ހަނިމާދޫން ޕެޓްރޯލް މި ހުސްވީ މިމަހުގެ 12 ވަނަދުވަހުން ފެށިގެން ހަނިމާދޫ މޮނީޓަރިންއަށް ލާފައި ވަނިކޮށެވެ.
ހަނިމާދޫ އަކީ ގިނަ ލޯންޗުފަހަރަކަށް ތެޔޮ އަޅައިދޭ ރަށެކެވެ. އަދި ގިނަ އިންޖީނުލީ އުޅަނދުވެސް ދުއްވާ ރަށެކެވެ.