ރާއްޖެ އިން އިތުރު 132 މީހުން ކޯވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިރޭ ބުނެފިއެވެ.
އެޗްޕީއޭ އިން 46 މީހުން ޕޮޒިޓިވް ވެފައިވާއިރު، ރިޒޯޓް ތަކުން 42 މީހުން އަދި ލިވްބޯރޑްއިން އެކަކުވަނީ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.
މިއާއި އެކު ރާއްޖެ އިން މިހާތަނަށް ބައްޔަށް ޕޮޒިޓިވް ވެފައިވާ ޖުމްލަ އަދަދު ވަނީ، 94،864 އަށް އަރާފައެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދު 92،558 އަށް އިތުރު ވެފައިވާއިރު 2،032 މީހުން އެކްޓިވް ކޭސްތަކުގެ ގޮތުގައި މިވަގުތާއި ހަމައަށް އެބަތިއްބެވެ.
ހޮސްޕިޓަލް ގައި އެޑްމިޓް ކޮށްގެން 10 މީހަކަށް ފަރުވާ ދެމުން އަންނަ އިރު ރާއްޖެ އިން މިހާތަނަށް 261 މީހަކު ވަނީ ނިޔާވެފައެވެ.