ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އެ މިނިސްޓްރީގެ މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރާތާ އެތައް ދުވަހެއްވެއްޖެކަމަށް އެ މިނިސްޓްރީގެ މުއައްޒަފުން ބުނެފިއެވެ. މީގެ ކުރިން ވެސް މިނިސްޓްރީގެ މުވައްޒަފުން ވަނީ އެ ވާހަކަ ރައީސް ސޯލިހާއި ހިއްސާ ކޮށްފައިކަމަށްވެއެވެ.
އޮފީސްތެރޭގައި އަދި އޮފީސް ދަތުރުތަކުގައި ރިސޯޓުތަކަށް ގޮސްވެސް އަލީ ވަހީދު މިގޮތަށް އަމަލު ކުރާކަމަށްވެއެވެ. މިގޮތުން ވަރަށް ފަހުން ދިޔަ ދަތުރެއްގައި އަލީ ވަހީދު ޖިންސީ ގޯނާ ކުރަން އުޅުމުން މަރުވިޔަސް ހެޔޮ ކަމަށް ބަލާ މުވައްޒަފަކު ވަނީ ރިސޯޓެއްގެ ވޯޓާ ވިލާ އިން މޫދަށް ފުންމާލާފައި ކަމަށް މިނިސްޓްރީގެ މުވައްޒަފުންނަށް ހަވާލާދީ ”ސަން“ ގައި ބުނެފައިވެއެވެ.
މާގިރި ހޮޓަލުގައި ބޭއްވި ހަފްލާއެއްގައިވެސް އަލީ ވަހީދު އެފަދަ އަމަލުތައް ހިންގާފައިވާ ކަމަށްވެއެވެ.
އަލީ ވަހީދު މިހާރު ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.