ބޭންކް އޮފް މޯލްޑިވްސް ގެ އިދާރީ މުވައްޒަފެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ މ. ސީޓްރެކްސް އިމާރާުތުގައި މިހާރު ހިންގަމުންދާ ބީއެމްއެލް ޑިޕާޓްމަންޓެއްގައި މަސައްކަތްކުރާ އިދާރީ މުވައްޒަފެކެވެ. މުވައްޒަފު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ މިއަދު ހެނދުނު ކަމަށްވެސް ބޭންކުން ވަނީ ބުނެފައެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝާން މެނޭޖަރ ސައިދު ވިދާޅުވީ، އެމުވައްޒަފު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ބޭންކުން އެޗްޕީއޭ އާއި ގުޅިގެން ކޮންޓްރެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތްކުރަމުން ދާކަަމަށެވެ.
އަދި އެ އިމާރާތުގެ އާންމު ތަންތަން ކްލީންކޮށް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތްވ ކުރަމުންދާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
ބޭންކުން މުވައްޒަފަކު ޕޮޒިޓިވް ވިޔަސް ކުރިއެކޭ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ހިދުމަތް ދޭނެ ކަމަށް ބެންކުން ވަނީ ބުނެފައެވެ.