ހއ. ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ ޕްލާންޓެއް ޤާއިމުކުރަން ނިންމާ، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ފެނަކަ ކޯރޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު ސޮއިކުރެއްވި އިރު ހޯރަފުށީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދެވެ.ރަސްމިޔާތު ކުރިއަށް ގެންދެވީ ވަރޗުއަލްކޮށެވެ.
ހޯރަފުށީގައި ޤާއިމުކުރާ ބޮޓްލިންގް ޕްލާންޓުން ދުވާލެއްގެ މައްޗަށް 10،000 އާއި 12،000 އާއި ދެމެދުގެ ޢަދަދަކަށް ބިއްލޫރި ފުޅީގައި ފެން ބަންދު ކުރެވޭނެ ކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ.ދުވާލެއްގެ މައްޗަށް 10،000 އާއި 12،000 އާއި ދެމެދުގެ ޢަދަދަކަށް ބިއްލޫރި ފުޅީގައި ފެން ބަންދުކުރެވޭނެއެވެ.މި މަޝްރޫޢުގެ ދަށުން ކުރިއަށް ދާނެ ކަމަށް ފެކަކައިން ހަމަކުރިއެވެ. މަޝްރޫޢުއާއެކު އެރަށުގެ ގޭބިސީތކަށް ފެން ފޯރުކޮށްދިނުމުގެގޮތުން ޑިސްޕެންސަރ ހަވާލުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެކަމަށް އެކުންފުނިން މަޢުލޫމާތުދިނެވެ.
މަޝްރޫޢަކީ އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް، އެޗް.އައި.ސީ.ޑީ.ޕީ ސްކީމުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި ޕްލާންޓު ޤާއިމުކުރުމަށް އެރަށުގެ ވޯޓަރ ސަޕްލައި ޕްލާންޓް ހުރި ދިމާލުން ކައުންސިލުން ވަނީ ބިން ހަމަޖައްސައިދީފައެވެ.
މަޝްރޫޢުއާއެކު އެ އަތޮޅުގެ ރަށްތަކާއި ރިސޯޓުތަކަށް ފެން ފޯރުކޮށްދިނުމަށް ފަސޭހަ ވެގެން ދާނެއެވެ. ރަށަށް ލިބޭ ނަފާ އިތުރުވެ ކުރިއެރުން ލިބޭނެކަމަށް ސަރުކާރުން ހާމަކުރެއެވެ.