ބ.އަތޮޅުގައި ރިސޯޓެއް ތަރައްޤީ ކުރަމިނދާ އެ އަތޮޅު ބޮޑު ފިނޮޅުގައި ބިދޭސީން ބޮޑެތި ހަމަނުޖެހުންތައް ހިންގާ ދިވެހިން ތަކެއް ރަހީނުކޮށްފައިވުމާއި ގުޅިގެން ގިނަ އަދަދެއްގެ ފުލުހުން ހަތިޔާރާއި އެކު މިއަދު ހެނދުނު އެ ރަށަށް އަރައިފިއެވެ.
ފުލުހުންގެ ތަހުޤީގު ޓިމުން މިއަދު 07:00 ގައި ބ. ބޮޑުފިނޮޅަށް އަރާފައިވެއެވެ. ފުލުހުންގެ ޓީމާއި އެކު ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓާ ސީރިއަސް އޮގަނައިޒް ކްރައިމް ޑިޕާޓްމެންޓްގެ ޓީމެއް ހިމެނޭކަމަށާއި މި ތަހުޤީގު ޓީމުން ރަށުތެރެގެ ތަންތަން ބަލާ ފާސްކުރަމުން ދަކަމަށްވެއެވެ. ބޮޑުފިނޮޅުގައި ބަންގްލަދޭޝް ހައިކޮމިޝަންގެ ޓީމެއް ވެސް ބިދޭސިން ހިންގާފައިވާ ކަންކަން ބެލުމުގައި ގެންދަނީ ހަރަކާތްތެރި ވަމުންނެވެ.
މަސައްކަތް ކުރުމަށް ގެނެސްފައިވާ ހުރި ހުރިހާ ވެހިކަލްތަކަށް ގެއްލުންދީފައިކަމަށެވެ. އަދި ކޮންޓެއިނަރތައް ވެސް ފަޅާލާފައިވާކަމަށެވެ. މީގެތެރޭގައި ހެވީ ވެހިކަލްތައް ވެސް ހިމެނެއެވެ. ގެއްލުން ދީ އެތަކެތި އެކި ތަންތަނުގައި ފޮރުވާފައިވާކަމަށާއި އެތަކެތި ހޯދުމުގެ މަސައްކަތް ފުލުހުންގެ ޓީމްތަކުން އަންނަނީ ހަމަކުރަމުންނެވެ.
ރަހީނު ކުރި ޖުމްލަ 12 ދިވެހިން ފުލުހުން ވަނީ ސަލާމްތަކޮށްފައެވެ. ރަހިނުކޮށް ސަލާމަތްވި ދިވެސެއް ކިޔާދިން ގޮތުގައި ބިދޭސީން އެނާ ވަށާލާ ރަށުން ފޭބިޔަ ނޫދީ ހިފަހެއްޓީ ކަމަށެވެ. އަދި އަބަދުވެސް ބިދޭސީން އެނާ ވަށާ ތިބޭކަމަށާއި އެއްވެސް އަނިޔާއެއް ދީފައި ނުވާކަމަށެވެ. އަދި ގަޑިން ގަޑިއަށް ކާންދެމުން ވެސް ދިޔަކަމަށެވެ.