ރާއްޖޭގައި ކޮވިޑް ޕޮޒިޓިވްވީ މީހުންގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ އިންޑިނޭޝިއާގެ ރައްޔިތަކު މަރުވެއްޖެ އެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާ ގޮތުގައި މިއަދު ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި އެޑްމިޓްކޮށްފައިވާ 39 އަހަރުގެ އިންޑޮނޭޝިއާ ފިރިހެނެކެވެ. އޭނާ ނިޔާވީ މިއަދު ހެނދުނު 9:47 ކަމަށްވެއެވެ. އޭނާ ނިޔާވީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށެވެ.