ތުޅާދޫއާ އެއް ފަޅުގައި އޮންނަ އެ ރަށުގައި ބިދޭސީން ހުޅުޖަހައި އެތަނުގައި އުޅޭ ބައެއް ދިވެހިން ވަނީ ހިފަހައްޓާފަ އެވެ. އެމީހުން ތިބީ ދަގަނޑުބުރި ފަދަ ހަތިޔާރާ ވެސް އެކުގައި އެވެ.
އެމީހުން ހަމަނުޖެހުން ހިންގަމުންދަނީ މުސާރަ ނުދޭ ކަމަށް ބުނެ އެވެ.
ބ.އަތޮޅު ބޮޑުފިނޮޅަށް އަރަން ފުލުހުން މަސައްކަތް ކުރިނަމަވެސްއެކަމަށް ހުރަސްއެޅުމުގެ ގޮތުން ބިދޭސީން ދަނީ ގަލާއި އެނޫންވެސް ތަކެތި ފުލުހުންނާއި ދިމާލަ އުކަމުން ނެވެ.
މަޢުލޫމާތް ލިބޭގޮތުގައި އެރަށުގައި 15 ދިވެހިން ވަނީ ރަހީނު ކޮއްފައެވެ.
ފުލުހުން ވަނީ މޫދުން ދެއްމެ މީހަކު ނަގާފަ.
ދިވެހިންތަކެއް ރަހީނުކޮށްފައިވާ ބ.އަތޮޅު ބޮޑުފިނޮޅަށް އަރަން ސިފައިން ތައްޔާރުވާން ފަށައިފި.
ބޮޑުފިނޮޅުގައި މި ވަގުތު 200 އަށް ވުރެ ގިނަ ބިދޭސީން މަސައްކަތް ކުރާއިރު އެ މީހުން ހަޅުތާލު ކުރަމުން ދަނީ ހަ މަހުގެ މުސާރަ ނުދީ އޮތް ކަމަށް ބުނެ އެވެ.
ރަހީނުކޮށްގެން އުޅެނީ ރައްޔިތުންގެ މަޖިލިހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ކުންފުނީގައި މަސައްކަތް ކުރާ ބިދޭސީން ކަމަށް މައުލޫމާތު ލިބޭ

އެއްވެސް އަނިޔާއެއް ވެފައެއް ނުވާ ކަމަށް ތުޅާދޫ ކައުންސިލް ރައީސް އަހްމަދު ރަޝީދު ވަނީ ޔަގީން ކޮއްދީފައި
އެސްަައޯ ފުލުހުން މިވަގުތު މާލެއިން ފުރުމަށް ދަނީ ތައްޔާރުވަމުން
މައުލޫމާތް ލިބެ ގޮތުގައި މިވަގުތު ރަހީނުގައި ތިބީ 10 ދިވެހިން، ފަސް މީހަކުވަނީ ސަލާމަތްކުރެވިފައި..



އެސްއޯ ފުލުހުން ފުރުމަށް ތައްޔާރުވަނީ..
މާލެއިން ފުރައިގެން ފުލުހުން ބޮޑުފިނޮޅަށް ދާން ދާދިދެންމެއަކު ފުރައިފި.
ސިފައިންވެސް މާލެއިން ފުރައިގެން ބޮޑުފިނޮޅަށް ދާންތައްޔާރުވަމުން އެބަދޭ..
ފުލުހުންނާއި ސިފައިން ވަނީ ހަތިޔާރާއެކު ބޮޑުފިނޮޅަށް ދިޔުމަށް މާލެއިން ފުރާފައި..
ބޮޑުފިނޮޅަށް އެރުމަށް 150 އަށްވުރެ ގިނަ ފުލުހުން މިހާރު ވަނީ ތުޅާދޫން ދަތުރު ފަށާފައި. ބޮޑުފިނޮޅު އޮންނަނީ ތުޅާދޫ އާއި ވަރަށް ކައިރީގައި.
ބޮޑުފިނޮޅަށް ފުލުހުންގެ ޓީމް އަރައިފި





ފުލުހުން އެރިއިރު ރަށުތެރޭގައި އެއްވެސް ހަމަޖެހުމެއް ނުހިގާ
ފުލުހުންގެ މީޑިއާ އޮފިޝަލް: ފުލުހުންގެ ސީން އޮފް ކްރައިމް އޮފިސަރުންގެ ޓީމަކާއި ތަހުގީގު ޓީމްތައް ރަށު ތެރޭގައި ދަނީ ހަރަކާތްތެރިވަމުން، ތަހުގީގު ޓީމުތަކުގެ ތެރޭގައި ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓްގެ ޓީމަކާއި ސީރިއަސް އޮގަނައިޒް ކްރައިމް ޑިޕާޓްމެންޓްގެ ޓީމެއް ހިމެނޭ
ބިދޭސީން އަދިވެސް ތިބީ ރަށު ތެރޭގައި، މިހާރު ބަނދަރު މައްޗަށް ބައެއް ބިދޭސީން ނުކުމެފައިވޭ ނަމަވެސް އެއީ ހަމަނުޖެހުން ހިންގުމުގައި ބައިވެރިވި މީހުންނެއް ނޫން
ރަށުތެރޭގައި ހުރި ތަފާތް ތަންތަނަށް ވަނީ އެކިވަރު ގެނަލުން ދީފައެވެ.
ރަހީނުކޮއްގެން ގެންގުޅުނު ދިވެހިންތަށް ވަިނީ މިހާރު ސަލާމަތް ކުރެވިފައި
އިތުރު ތަފްސީލު އައްނަނީ…