ރާއްޖެއިން މިއަދު 18 މީހަކު ކޯވިޑް ނަވާރައަށް ޕޮޒިޓިވް ވެއްޖެއެވެ.
މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 07 ދިވެހިންނާއި ބަންގްލަދޭޝްގެ 11 މީހެކެވެ.
މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންނާއި އެކު ރާއްޖެ އިން މިބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2400 އަށް އަރާފައެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 15 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ. މިއާއި އެކު މިބަލި ޖެހުނުމީހުންގެ ތެރެއިން ރަގަޅުވި މީހުންގެ އަދަދުވަނީ 1969 އަރާފައެވެ. ރާއްޖޭގައި ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 416 އަށް މަދުވެފައެވެ. ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 10 މީހަކު ވަނީ ނިޔާވެފައެވެ.
ރާއްޖެ އިން ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ގިނަ މީހުން ބަލިން ރަނގަޅުވާ މުއްދަތު މިހާރު އަވަސްވެފައި ވަނީ ބަލިން ރަނގަޅުވި ކަމަށް ރާއްޖެ އިން ނިންމާ މިންގަނޑަށް ބަދަލު ގެނައުމުންނެވެ. މިހާރު ރާއްޖޭގައި ބަލިން ރަނގަޅުވިތޯ ބަލަން ޓެސްޓެއް ނުކުރެއެވެ. އަލާމާތްތައް ނުފެންނަތާ ތިން ދުވަސް ވުމުން އެއީ ބަލިން ރަނގަޅުވެފައި ހުރި މީހެއް ކަމަށް ނިންމުމަށްފަހު މިހާރު ދޫކޮށްލައެވެ.