ޖޫން މަހުގެ ކަރަންޓް ބިލުން 40 ކަނޑާލަން ނިންމާފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ސްޓެލްކޯއިން ބުނެފިއެވެ.
މިގޮތަށް ކުޑަކުރިކަން ހާމަކޮށްފައި ވަނީ ކަރަންޓްބިލް ބޮޑުވެގެން އެކަމުގެ ޝަކުވާ ކުރަމުން ދަނިކޮށް މިއަދު ހަވީރު ސްޓެލްކޯގައި އެކަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ.
ބައްދަލުވުމުގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ޖޫން މަހުގެ ކަރަންޓު ބިލުތައް ސަބްސިޑީ ހިމަނައިގެން އިސްލާހުކުރުމަށްފަހު އަނެއްކާވެސް ފޮނުވާނެ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން އޭޕްރިލް މަހާއި މެއި މަހުގެ ފެނާއި ކަރަންޓް ބިލް ކުޑަކޮށްދޭން ސަރުކާރުން ނިންމިއެވެ. އަދި މި ދެމަހުވެސް ކަރަންޓު ބިލުން 40 އިންސައްތަ ފެން ބިލުން 30 އިންސައްތަ ކަނޑައިދީފައި ވެއެވެ.