ކޭބަލް ކާރެއް ފަރުބަދައެއްގައި ޖެހި ވެއްޓި 14 މީހުން މަރުވެ 2 ކުޑަކުދިންނަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ ކަމަށް އިޓާލީގެ އޮފިޝަލުން ހާމަކޮށްފިއެވެ.
ރިސޯޓެއް ކަމަށްވާ ސްޓްރެސާގެ ސަރަހައްދުގައި ހިނގި މި ހާދިސާއާއި އެކު، މަރުވި މީހުންގެ ޢަދަދު އިތުރުވުން ގާތް ކަމަށް ވަނީ އިޢުލާންކޮށްފައެވެ.
މި ސަރަހައްދުގެ ތަރުޖަމާނަކު މަޢުލޫމާތު ޢާންމު ކުރި ގޮތުގައި، މި ހާދިސާގައި އަނިޔާވި ދެ ކުދިން ސީރިއަސް ހާލަތުގައި ވުމުގެ ސަބަބުން، ހެލިކޮޕްޓަރުގައި ކުޑަކުދިންގެ ހޮސްޕިޓަލަކަށް ޓޫރިންއަށް ވަނީ ގެންގޮސްފައެވެ.
ބޮޑު ވަޒީރު މާރިއޯ ޑްރާގީ ޢާންމު ކުރި ގޮތުގައި މި ހާދިސާއާއި މެދު ކަންބޮޑު ވާ ކަމަށާއި، ޢާއިލާތަކަށް ތަޢުޒިއާ ރައްދުކުރާ ކަމަށެވެ.
20 މިނެޓުގެ މި ކޭބަލްކާރު ދަތުރަކީ މި ސަރަހައްދަށް ޒިޔާރަތް ކުރާ ފަތުރުވެރިން ވަރަށް ގަޔާވާ ކަމެކެވެ.