ސްވިޑެންގެ މީހުން މަދު ހިސާބުތަކުގައި ސުޕަރމާކެޓަށް ކަސްޓަމަރުން އެކަނި ގޮސް ސޭޓެއްގެ އެހީއައި ނުލައި ވިޔަފާރިކުރަމުންދާ މަންޒަރު މީސްމީޑިޔާގެ ލޮލުގައި އަޅައިގެންފިއެވެ.
ސްވިޑެންގެ މި ހިސާބުތަކުގައި އެ ހިސާބުގައި ދިރިއުޅެމުންދާ ފަރާތްތަކުން ސުޕަރމާކެޓަށް ގޮސް ބޭނުން ކުރަނީ ”ސެލްފް ޗެކްއައުޓް“ އެވެ. މީގެ ކުރިން މި ހިސާބުގެ ރައްޔިތުން ކާބޯތަކެތި ހޯދުމަށް 30 މިނެޓުގެ ދިގު ދަތުރެއް ކުރަން ޖެހެއެވެ. ނަމަވެސް، އެ ޤައުމުގެ ސަރުކާރުން މި ކަމަށް ހައްލު ހޯދައިދީ ޖުލައި 2020 ގައި ވަނީ މި ސުޕަރމާކެޓަށް އެކަނި ގޮސް ވިޔަފާރިކޮށް ނިންމާލައި ލާރި ދެެއްކުމަށްފަހު ދެވޭނެ ގޮތް ހަދައިދީފައެވެ.
މި ސުޕަރމާކެޓު 24 ގަޑި އިރު ހުޅުވާފައި ހުންނަ އިރު، މި ތަނުން ޢާންމު ދިރިއުޅުމަށް ބޭނުންވާ ހުރިހާ އެއްޗެއް ލިބެއެވެ. މި ފިހާރަ ހުޅުވުމަށް ކަސްޓަމަރުން ބޭނުން ކުރަނީ މޯބައިލް ފޯނު އެޕެކެވެ.
މުޅި ފިހާރައިގައި ސެކިޔުރިޓީ ކެމެރާ ހަރުކޮށްފައި ހުންނަ އިރު، ކަސްޓަމަރުން އަމިއްލަ އަށް ގަތް ތަކެތި ސްކޭންކޮށް ބޭންކު މެދުވެރިކޮށް ލާރި ދެއްކެއެވެ.