ރާއްޖޭގައި ބޮން ހެދުމުގެ ގާބިލުކަން ލިބިފައިވާ އެތައް ބައެއް އާއްމުންގެ ތެރެއަށް ދޫވެފައި އެބަތިބިކަމަށް ހޯމް މިނިސްޓަރ އިމްރާން މިއަދު ވިދާޅުވެއްޖެއެވެ.
ނުރައްކާތެރި ހަމަލާތައް ދިނުމުގެ ތަމްރީނާއި ގާބިލުކަން ހުރި 1،400 އެއްހާ މީހުން މުޖުތަމައު ތެރޭގައި އުޅެމުންދާ ކަމަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވެފައިވާއިރު، ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އެ މީހުން އަދިވެސް ހައްޔަރުކޮށްފައި ނުވަނީ ކީއްވެގެންތޯ ވިދާޅުވެ، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ، ޓެރަރިޒަމްގެ ގާނޫނަށް ގެނެވުނު އިސްލާހުތަކުން ވެސް އެފަދަ މީހުން ހައްޔަރުކޮށްފައި ބޭތިއްބުމަށް ފުރުސަތި ހޯދައި ދެވިފައިވާ ނުވާ ކަމަށެވެ.
މީގެ އިތުރުން އިމްރާން ވިދާޅުވީ، މުޖުތަމައުގެ ތެރޭގައި އައިއީޑީ ހެދުމުގެ ގާބިލުކަން ހުރި މީހުން އެބަ ތިބި ކަމަށާއި، ފުލުހުންގެ ރިޕޯޓުތަކުން އެނގުނު ނަމަވެސް، އެފަދަ ހަމަލާއެއް ރާވައި ނުވަތަ ހިންގަން ނޫޅޭހާ ހިނދަކު އެ މީހުން ބަންދުގައި ބޭތިއްބޭނެ މަގެއް ގާނޫނުގެ ތެރެއިން ލިބިދީފައި ނުވާ ކަމަށެވެ.
އަދި އެކަމަށް ބޭނުންވާ ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުން ދާކަމަށްވެސް މިނިސްޓަރ އިމްރާން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، އެފަދަ މީހުން ބަންދުގައި ބެހެއްޓޭނެ ގޮތް ނެތުމުން މިފަހުން ހައްޔަރު ކުރި ހައްދުފަހަނާއަޅާ ދިއުމުގެ ބޮޑުން ކަމަށް ބެލެވޭ މީހުންވެސް ވަރަށް އަވަހަށް ބަންދުން ދޫކޮށްލަން ޖެހިދާނެ ކަމަށެވެ. އަދި މިހާރުވެސް އައްޑޫ ސިޓީގައި މިމަހު ހިންގި އޮޕަރޭޝަންގައި ހައްޔަރު ކުރިި މީހުންގެ ތެރެއިން މީހަކު ދޫކޮށްލާފައި ވާކަމަށް ވަނީ ވިދާޅުވެފައެވެ.
އެކަމާއި ގުޅިގެން ފުލުހުންގެ އިދާރާއިން ބުނީ މިނިސްޓަރު އެ ވިދާޅުވާ މީހާ ދޫކޮށްލީ ބަންދުގެ މުއްދަތު ހަމަވާތީ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކަމަށެވެ. ދޫކޮށްލާފައި ވަނީ ކުރިން ބަންދަށް ފަސް ދުވަސް ޖެހި މީހުންގެ ތެރެއިން މީހެއް ކަމަށެވެ.
Thiya vidhaalhu vaa dd hadhan dhanna India Lanka Napal noonas yahoodheen vess ulheyne. Emmen hifai hayyaru kurumakee hallu tha??
Hurihaa dhiveheen nuvatha muslimun jalah laafa gaumu vikkaala!