ރާއްޖެއިން ކޯވިޑް 19 އަށް ފަރުވާ ދެމުންދިޔަ އިތުރު މީހަކު ނިޔާވެ މިއަދު އެކަނި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 5 އަށް އަރައިފިއެވެ.
އެންމެފަހުން ރާއްޖެއިން ނިޔާވެފައިވަނީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 85 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވީ، މިއަދު ހެނދުނު 07:44 ގައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މިއާއި އެކު ރާއްޖެއިން މިހާތަނަށް ބަލީގައި ދުނިޔެ ދޫކުރި މީހުންގެ ޖުމްލަ އަދަދު ވަނީ، 134 އަށް އަރާފައެވެ.
މި ހިނގާ މޭ މަހަކީ، މި ބަލީގައި އެންމެ ގިނަ މީހުން ރާއްޖެއިން ދުނިޔެ ދޫކުރި މަސްވެސް މެއެވެ.