މިމަހުގެ 6 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދު އަށް ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން ހައްޔަރުކޮށްފައިވާ 4 މީހުން ވެސް ކޯވިޑް 19 އަށް ފައްސިވެފައި ވާކަމަށް ހޯމަ މިނިސްޓަރ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ، ތަހުގީގު ކުރިއަށްދަނީ އެންމެ ހިތްހަމަޖެހިވަޑައިގަންނަވާ ބާރު މިނުގައި ކަމަށް ގަބޫލުލު ނުކުރެވޭ ކަމަށާއި، އެކަމުގެ ފަހަތުގައި ގިނަ ސަބަބުތަކެއް ހުރި ކަމަށެވެ.
އެގޮތުން މި ހަމަލާއާއި ގުޅިގެން ހައްޔަރުކޮށްފައިވާ 4 މީހުން ކޯވިޑް 19 އަށް ޓެސްޓް ހެދިއިރު ފައްސިވެފައި ވާކަމަށާއި، އެ މައްސަލައިގެ ތަހުގީގު ޓީމުން ވެސް ގިނަ އޮފިސަރުން ބައްޔަށް ފައްސިވެފައި ވާކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން ތަހުގީގު ކުރިއަށް ދާވަރު ލަސްކަމަށް ގަބޫލު ކުރައްވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ބޮންގޮއްވާލި ހާދިސާއާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވަނީ، ބޮންގޮއްވުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަހުމަދުގެ އިތުރުން، މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އަދި ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު އެވެ.