ރާއްޖެ އިން ކޯވިޑް 19 އަށް ފައްސިވެ ފަރުވާ ހޯދަމުން ދިޔަ އިތުރު 2 މީހަކު ނިޔާވެއްޖެ އެވެ.
އެޗްޕީއޭއިން މިކަމާއި ގުޅިގެން ބުނެފައި ވަނީ، ރޭ ފަތިހު 04:25 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީ ގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައި ވާކަމަށެވެ. އަދި މިއަދު ހެނދުނު 06:55 ގައި ހަމަ އެ ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައި ވާކަމަށެވެ.
މިއާއެކު ރާއްޖެ އިން މިހާތަނަށް މިބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 133 އަށް އަރާފައެވެ.
ރާއްޖެއިން މިހާތަނަށް 55924 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 32322 މީހުންނެވެ. ހަމައެހެންމެ 23464 މީހުން އަންނަނީ ފަރުވާހޯދަމުންނެވެ. އޭގެތެރެއިން 290 މީހުންނަށް ފަރުވާދެނީ ހޮސްޕިޓަލުގައެވެ.