ކޮވިޑު ބަލީގައި އިތުރު ދެ މީހަކު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ 81 އަހަރުގެ ދިވެހި ފިރިހެނަކާއި، 77 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މީގެ ތެރެއިން 81 އަހަރުގެ މީހާއަކީ ކޮވިޑު ބަލީގައި ރާއްޖެއިން ނިޔާވި 130 ވަނަ މީހާއެވެ. 77 އަހަރުގެ މީހާއަކީ 131 ވަނައަށް ނިޔާވި މީހާއެވެ.
ކޮވިޑު ބަލީގައި އިއްޔެ ވެސް 6 މީހުން ނިޔާވެފައިވެއެވެ. އެއީ ތިން ފިރިހެނުންނާއި, ތިން އަންހެނުންނެވެ.
ރާއްޖެއިން ކޮވިޑު ބަލީގައި ނިޔާވި މީހުންގެ ޢަދަދު 131 އަށް އަރައިފައިވާއިރު މި މަހު ނިޔާވި މީހުންގެ ޢަދަދު އުޅެނީ 50 އިން މަތީގައެވެ.
ރާއްޖެއިން މިހާތަނަށް 55924 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު, މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 32322 މީހުންނެވެ. ހަމައެހެންމެ 23464 މީހުން އަންނަނީ ފަރުވާހޯދަމުންނެވެ. އޭގެތެރެއިން 290 މީހުންނަށް ފަރުވާދެނީ ހޮސްޕިޓަލުގައެވެ.