ރާއްޖޭގެ ކޮވިޑުގެ ހާލަތު ނުރައްކާތެރި ފައްތަރެއްގައިވާއިރު ވެސް ވެރިން އެކަމާ ކަންބޮޑުވެ ވަޑައިގެން އުޅުއްވާ މަންޒަރު ފެނިވަޑައިނުގަންނަވާކަމަށް ޕްރޮފެސަރ ޙަސަން އުގައިލް މިއަދު ވިދާޅުވެއްޖެއެވެ.
މީގެ ކުރިން ވެސް ކޮވިޑުގެ ހާލަތާއި ގުޅިގެން ސޯޝަލްމީޑިއާގައި ވާހަކަދައްކަވައިފައިވާ އުގައިލް މިއަދު ވިދާޅުވީ ކޮވިޑުގެ ހާލަތު ރާއްޖޭގައި ގޯހުން ގޯހަށް ގޮސްފައިވާ ކަމަށެވެ. ނަމަވެސް މި ޤައުމުގެ ވެރިން އެކަމާ ކަންބޮޑުވެ ވަޑައިގެން އުޅުއްވާ މަންޒަރު ފެނިވަޑައިނުގަންނަވާކަމަށް ވެސް އުގައިލް ވިދާޅުވިއެވެ.
ރާއްޖޭގެ ކޮވިޑުގެ ހާލަތަށް ބަލާއިރު ކޮވިޑުގެ ބަލީގައި މި މަހު ނިޔާވި މީހުންގެ ޢަދަދު މިހާާރު ވަނީ 50 އަށްވުރެ މައްޗަށް އަރައިފައެވެ. ހަމައެހެންމެ ޕޮޒިޓިވް ކޭސްތައް އިތުރުވަމުން އަންނައިރު, ރާއްޖޭގެ 69 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވެއެވެ.
ކޮވިޑާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ނުކުރާނެކަމަށް ސަރުކާރުން މިއަދު ވަނީ ހާމަކޮށްފައެވެ. ނަމަވެސް އަންނަ ބުދަ ދުވަހުގައި އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމައިފައިވާކަމަށް ވެސް ސަރުކާރުން މިއަދު ވަނީ ބުނެފައެވެ.
Midiya aharuveash buni 10000 varakahh meehum rajje inn maruvaane kamahh..maa bodahh eygenee