އާދިއްތަ, މާރޗް 26, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ޝައިޚް، ޝައިޚަށް: ވަކަރުގޭ ކުދިންގެ ގޮތް ދެއްކުމަކީ ދީނީ ޢިލްމަށް ލިބޭ ހުތުރެއް!

އަޙްމަދު ޝަބީން ލިޔުނީ: އަޙްމަދު ޝަބީން
މެއި 24, 2021
ޚަބަރު
6
ޝައިޚް، ޝައިޚަށް: ވަކަރުގޭ ކުދިންގެ ގޮތް ދެއްކުމަކީ ދީނީ ޢިލްމަށް ލިބޭ ހުތުރެއް!

ދީނީ ޢިލްމަށް ނިސްބަތްވާ މީހުން ވަކަރުގޭ ކުދިންގެ ގޮތް ދެއްކުމަކީ ދީނީ ޢިލްމަށް ލިބޭ ހުތުރުކަމެއްކަމަށް ވިދާޅުވެ އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދު، އައްޝައިޚް ޢަލީ ޒައިދަށް ފާޑު ވިދާޅުވެއްޖެއެވެ.

މި މަހުގެ 6 ވަނަ ދުވަހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގައި އެ މަނިކުފާނަށް ލިބިވަޑައިގެންފައިވާ އަނިޔާތަކުގެ ބައެއް ފޮޓޯތައް ޢާންމުކޮށްފައިވެއެވެ. ހަމައެހެންމެ ރައީސް ނަޝީދުގެ ނުރަސްމީ ޓްވިޓާރ އެކައުންޓްކަމަށްވާ ”އެލެކްސް އަހްމަދު“ އިން ވަނީ އެ މަނިކުފާނުގެ ހަށިކޮޅަށް ލިބިވަޑައިގެންފައިވާ އަނިޔާތައް ވަރަށް ބޮޑަށް ފެންނަ ފޮޓޯއެއް ހިއްސާކުރައްވައިފައެވެ.

އެ ފޮޓޯގައި އެ މަނިކުފާނުގެ ދަތްދޮޅިއާއި ހިސާބުން ފެށިގެން ކަކުލާއި ހަމައަށް ފެންނައިރު ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވިއެވެ.

ފާޑުކިޔުންތައް އަމާޒުވުމުން ރައީސް ނަޝީދުގެ ނުރަސްމީ ޓްވިޓާރ އެކައުންޓު އެލެކްސްއިން އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ ”އޮރިޔާން ވެސް އެހައި ހުތުރެއްނޫން ކަންނޭނގެ“ މިފަދައިން ވިދާޅުވެފައެވެ.

ރަައީސް ނަޝީދު ޢާންމުކުރެއްވި ފޮޓޯއާއި ގުޅިގެން ޝައިޚް ޒައިދު ވިދާޅުވީ ކަމެއް ސާބިތުކޮށްދިނުމަށް ވެސް އައުރަ އެންމެންނަށް ހާމަކުރުމަކީ ރަނގަޅުކަމެއްނޫން ކަމަށެވެ. އަދި މީހަކު ފިރިހެނަކާއި ދިމާއަށް ތީ ފިރިހެނެއް ނޫނޭ ބުނީމަ ދެން އެވީ މުންޑު ހިއްލައި އައުރަ ކަޝްފުކުރަންތޯ ވެސް ޒައިދު ސުވާލު ކުރެއްވިއެވެ. ޝައިޚް ޒައިދު ވަނީ ލަދުވެތިކަމެއް ނެތް މީހާ ކޮންމެފަދަކަމެއް ވެސް ކޮށްފާނެކަމަށް ވެސް ވިދާޅުވެފައެވެ.

ހަމައެހެންމެ ރައީސް ނަޝީދާއި ހެދި ބައެއްފަހަރު ހިނިއަންނަ ކަމަށާއި، މިހާރު ބިރުގަންނަނީ ރައީސް ނަޝީދު ޚިތާނުކޮށްފިތޯ ބަޔަކު ސުވާލުކޮށްފާނެތީ ކަމަށް ވެސް ޒައިދު ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން ޝައިޚް ޙުސައިން ރަޝީދު ވިދާޅުވީ ލަދުހަޔާތް ނެތީ ކާކުގެ ކިބައިގައިކަމެއް އެނގިވަޑައިނުގެންނެވި ކަމަށެވެ.

”ނަޝީދުގެ އައުރަ ދެއްކުންތޯ ނުވަތަ ޒައިދު, ނަޝީދު ޚިތާނުކޮށްފައިބާއޭ ސުވާލުއުފައްދައި ދެއްކި ވާހަކަތޯ. އަޅުގަނޑަށް އެނގެނީ ސުންނަތުގެ ވާހަކަ ދައްކާ މީހާއާއި، ލިބަރަލް ފިކުރުގެ މީހާއާއި ދެ މީހުންގެ އަޚުލާޤީ ތަފާތު ހުންނަން ޖެހޭނެކަން.“ ޝައިޚް ޙުސައިން ރަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ޝައިޚް ޙުސައިން ރަޝީދު ވަނީ ދީނީ ޢިލްމަށް ނިސްބަތްވާ މީހުން ވަކަރުގޭ ކުދިންގެ ގޮތް ދެއްކުމަކީ ދީނީ ޢިލްމަށް ލިބޭ ހުތުރުކަމެއްކަމަށް ވެސް ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ސަރުކާރުން މީޑިއާތައް މެދުވެރިކޮށް އިންތިޚާބުތަކަށް ނުފޫޒު ފޯރުވާ މައްސަލަ ބަލަންޖެހޭ: އުޝާމް

ސަރުކާރުން މީޑިއާތައް މެދުވެރިކޮށް އިންތިޚާބުތަކަށް ނުފޫޒު ފޯރުވާ މައްސަލަ ބަލަންޖެހޭ: އުޝާމް

މާރޗް 26, 2023
އަމްރު ވަކިކޮށް އެސްޓީއޯގެ ހިންގުން ސީއެފްއޯއާ ހަވާލުކޮށްފި

އަމްރު ވަކިކޮށް އެސްޓީއޯގެ ހިންގުން ސީއެފްއޯއާ ހަވާލުކޮށްފި

މާރޗް 26, 2023
ގެޒެޓްކޮށްފައިވާ ގަވައިދުގެ ސަބަބުން ދީނީ ގޮތުން ކަންބޮޑުވާންޖެހޭ ކަމެއް ނެތް – ރ.މައުމޫން

ތަރާވީހް ނަމާދުގައި ޤުރްއާން ޚަތިމުކުރުމަކީ ކޮންމެހެން އޮންނަ ކަމެއް ނޫން: މައުމޫން

މާރޗް 26, 2023
އަމީނީ މަގުން ގަސް ކެނޑުމުގެ މައްސަލަ އަނބުރާ ގެންދަވައިފި

އަމީނީ މަގުން ގަސް ކެނޑުމުގެ މައްސަލަ އަނބުރާ ގެންދަވައިފި

މާރޗް 26, 2023

Comments 6

  1. rahyithumeehaa says:
    2 years ago

    ދީނީޢިލްމު ވެރީންނަކީ މަތީމަގާމަކަށްޓަކާ އޭނަ ރުހޭ ވަކި ކެރެކްޓަރ އެއް އަބަދު ކޮނޑަށް ލައިގެން އުޅެންޖެހޭ ބައެއްނޫން. ޚުރާފާތުގެ ކަސްތަޅުން ނެއްޓި، ﷲ ސ.ވ.ގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި ނަބީ،ރަސޫލުން ދެއްކެވި މަގުން ހިނގަންޖެހޭ ބައެއް. މީކީ ތޯތޯ ކުރެވޭނެ ކަމެއްނޫންކަން އިސްލާމީޢިލްމުގެ އަހުލު ވެރީން ދަންނާނެ.

    Reply
  2. Mukahrram. says:
    2 years ago

    Kithamme varakah vaahak dhekkiyad iraadha kurehvveeyaa thiya husan rsheedhakah miqaumuga verikameh, adhi majilis membaru kamehves nulibeyne. Thyaiee sheykheh kamah qabool nuran qaboolkuranee seykeh kamah.

    Reply
  3. Rty says:
    2 years ago

    Husen rasheedu akee harubahehga onagothah ulhey dhanna beykaleh ehcheh egeymeeheh noon

    Reply
  4. ފަޔާޒް says:
    2 years ago

    ހުސެން ރަޝީދުގެ ސިކުނޑި ޅަކަމާއި މެދު ހިތާމަކުރަން ޒައިދު ބުނެފަ އެވާބުނުމަކީ މީހަކު މ.ނަޝީދުކުރެން މަނިކުފާނު ހިތާނުކޮއްފަހޭ ހުރީއަހާފިއްޔާ ޔަގީން ކޮށް ދޭން އައުރަ ދައްކަވެސް ފާނޭ. އެއީ ދަށްކާފަ ހުރިފޮޓޯ ތަކުގެ މައްޗަށް ރިޔާއަތް ކޮށ ޒައިދު ބުނި ބަހެށް މީގެ ވަކަރުގޭ ކުއްޖަކީ ކޮބައިކަމެށް ނެއެގުނު.

    Reply
  5. ޣޯސް says:
    2 years ago

    ހުސައިން ރަޝީދަކީ މަގާމާހެދި ދީން ވިއްކާ ކަމަށް މީހުން ބުނެއުޅޭމީހެއް

    Reply
    • Anonymous says:
      2 years ago

      Ra

      Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • ޑްރަގް ބޭނުންކޮށްގެން 57 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި

    0 shares
    Share 0 Tweet 0
  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In