ކޯވިޑް 19 އަށް ރާއްޖެއިން އިތުރު 1،559 މީހުން ފައްސިވެއްޖެއެވެ.
އެޗްޕީއޭއިން މިރޭ އާއްމު ކުރި ހިސާބުތަކުން ދައްކާ ގޮތުން މާލެ ސިޓީއިން ވަނީ، ބައްޔަށް އިތުރު 1،135 މީހަކު ފައްސިވެފައެވެ. އަތޮޅުތެރެއިން 401 މީހަކު ބައްޔަށް ފައްސިވި އިރު، ރިސޯޓުތަކުން ބައްޔަށް އިތުރު 20 މީހަކު ވަނީ ފައްސިވެފައެވެ. އަދި ސަފާރީ ތަކާއި ބޯޓު ތަކުން 3 މީހަކު ވަނީ ބައްޔަށް ފައްސިވެފައެވެ.
މިހާތަނަށް ރާއްޖެއިން މިބައްޔަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ، 55،924 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ ގޮތުގައި 23،464 މީހަކު ތިބިއިރު، ބަލިން މިހާތަނަށް 32،322 މީހަކު ވަނީ ރަނގަޅުވެފައެވެ.
ހޮސްޕިޓަލު ތަކުގެ އެޑުމިޓު ކޮށްގެން 290 މީހަކަށް ފަރުވާ ދެމުން ދާއިރު ބަލީގައި މިހާތަނަށް 129 މީހަކު ވަނީ ނިޔާވެފައެވެ.