ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެތެރެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ ޢުމުރުން 78 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި ގޮތުން މިއަދު ނިޔާވި މީހުންގެ ޢަދަދު މިހާރު ވަނީ ހަޔަކަށް އަރައިފިއެވެ.
ހަމައެހެންމެ މިއީ ކޮވިޑު ބަލީގައި ރާއްޖެއިން ނިޔާވި 129 ވަނަ މީހާއެވެ.