ކޮވިޑު ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ ޢުމުރުން 79 އަހަރުގެ އަންހެނެކެވެ. އޭނާ ނިޔާވީ ހުޅުމާލޭ ކޮވިޑު ފެސިލިޓީގައި ފަރުވަާ ހޯދަމުންދަނިކޮށްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މިއީ ކޮވިޑު ބަލީގައި ރާއްޖެއިން 127 ވަނަ އަށް ނިޔާވި މީހާއެވެ. ހަމައެހެންމެ މި ބަލީގައި މިއަދު ނިޔާވި ހަތަރުވަނަ މީހާއެވެ.