ދަރުމަވަންތަ ހޮސްޕިޓަލުގައި ކޯވިޑް 19 އަށް ހާއްސަ ކުރެވިފައިވާ 16 އަދި 17 ވަނަ ފަންގިފިލާގައި އެޑުމިޓު ކޮށްގެން ބައްޔަށް ފަރުވާ ދެވޭނީ އެކަމަށް ކަނޑައެޅިފައިވާ ފައިސާ ދެއްކުމުން ކަމަށް އެޗްއީއޯސީއިން މިއަދު ބުނެފިއެވެ.
އެޗްއީއޯސީއިން މިއަދު ހަވީރު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ހުޅުމާލޭ ހޮސްޕިޓަލްގެ ސީއީއޯ މާރިޔާ ސައީދު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ހުންނަ ކޯވިޑް އަށް ފަރުވާ ދޭ ފަންގިފިލާއަށް ގެންދަނީ، ވަކި ފަންތިއަކަށް ނިސްބަތް ވާބައެއް ނޫން ކަމަށާއި، ދަރުމަވަންތައިގެ ވޯޑުތަކުގައި ފަރުވާ ދެވޭނީ ކޮންބައެއްކަން ކަނޑައަޅަނި އެހެން ފެސިލިތީތަކުގައިވެސް ފަރުވާ ދެވޭ ގޮތް ކަނޑައަޅާ ޑޮކްޓަރުންގެ ޓީމުން ކަމަށެވެ.
އެކަމަނާ މިހެން ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލުން ހަމައެކަނި ފަރުވާ ދެނީ، ސަރުކާރުގެ އިސްވެރިންގެ އާއިލާ ތަކުގެ ބޭފުޅުންނަށް ކަމަށް ބުނެ ގިނަ ބައެއްގެ ނުރުހުން ފާޅުކުރަން ފެށުމުންނެވެ.
އެކަމަނާގެ ވާހަކަފުޅުގައި ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލުގައި މިހާރު ކޯވިޑް ބައްޔަށް ފަރުވާ ހޯދާ މީހުން ބައިތިއްބަން ބޭނުންކުރާ 16 ވަނަ އަދި 17 ވަނަ ފަންގިފިލާއަކީ ހިލޭ މީހުން ބައިތިއްބާ ތަންތަން ނޫން ކަމަށާއި، އެތަނުގައި ބަލިމީހުން ތިބެނީ އެތަނުގެ ކޮޓަރިތަކަށް އަގު ދައްކައިގެން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މީގެ ކުރިން ސަރުކާރުން ވަނީ ކޯވިޑް 19 އަށް ފަރުވާ ދިނުމުގައި އެއްވެސް ރައްޔިތެއް އަތުން ފައިސާ ނުނަގާނެ ކަމަށް ވިދާޅުވެފައެވެ. އަދި ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަ އުސޫލުން ފަރުވާދޭނެ ކަމަށް ވިދާޅުވެފައެވެ.
ތިއަ ބުނާ ހަސްފަތާލު އެޅީ ކާކުގެ ފައިސާ އިންތޯ؟ ހޭ ބުއްދީގެ ދެގުއްލަ ހަމަނުވާ ކަނބުލޭގެއަށް އެނގޭތޯ؟ އަދި އެޚަރަދު ދިވެހިރައްޔިތުން ދާ އޮހޮރުވާގެން ކުރި ބޭނުން، ބުނެދޭން އެނގޭވަރުގެ މީހެއް ގާތް މީހުންގެ ތެރޭގައިވެސް ނެތީތޯ؟ ބަލިވީމަ ފަރުވާ ކުރަން ލަޔާގަތްތެރިކަން ދިވެހި ރައްޔިތުންގެ ނެތް ނަމަ ތިބާއަށް އެމީހުން މުސާރަ ދެނީ ކިހިނެތްތޯ؟؟؟