ރ އަތޮޅު އުނގޫފާރު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ސަބްގްރޭޑް މަސައްކަތްތަކުގެ %86 ނިމިފައިވާކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
މިކަމާއި ގުޅިގެން އެމްޓީސީސީއިން ބުނީ، މި މަޝްރޫއުގެ ދަށުން 16،488 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުމާއި، 16،488 އަކަ މީޓަރުގެ ސަރަހައްދެއްގައި އޭބީސީ ފަށަލަ އަޅާނެ ކަމަށެވެ.
އަދި 16،488 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްގްރޭޑް މަސައްކަތް ކުރުމާއި، ފެންހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ.
2019 ވަނަ އަހަރުގެ މެއި 22 ވަނަ ދުވަހު ޕްލޭނިން މިނިސްޓްރީން މިމަޝްރޫއު އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ 19.3 މިލިއަން ރުފިޔާ އަށެވެ.