މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ މަޤާމަށް ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ މަޤާމަށް ޢައްޔަންކުރައްވައިފައިވަނީ ހ.ޔެލޯރޯޒް، މުޙައްމަދު ޝަރީފެވެ.
އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބާމިންގހަމްގެ އިލެކްޓްރޯނިކް އެންޑް އިލެކްޓްރިކަލް އިންޖިނިއަރިނގް ވިތް މެނޭޖްމަންޓް އިން މާސްޓަރސް އޮފް އިންޖިނިއަރިން ހާސިލު ކުރައްވައިފައިވާ ޝަރީފު މީގެ ކުރިން ހުންނެވީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމުގައެވެ.
2020 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ހިންގާ ބޯޑުގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޯޑު ތަމްސީލު ކުރައްވަމުން ގެންދަވާ ޝަރީފުވަނީ، ނެޝަނަލް ސެންޓަރ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީގެ ޗީފް އިންފޮމޭޝަން އޮފިސަރުގެ މަޤާމާއި، ސައިރެކްސް ކޮލެޖުގެ ރެކްޓަރ ގެ މަޤާމު ވެސް ފުރުއްވައިފައެވެ.