ރާއްޖެއިން ކޯވިޑް 19 އަށް ފަރުވާ ހޯދަމުންދިޔަ އިތުރު އަންހެނަކު ނިޔާވެއްޖެއެވެ.
އެޗްޕީއޭއިން ވިދާޅުވީ، މިއަދު ހެނދުނު 10:49 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 62 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެފައި ވާކަމަށެވެ.
މިއާއި އެކު ރާއްޖެއިން މިހާތަނަށް މިބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 125 އަށް އަރާފައެވެ. އަދި މިއީ މިއަދު ރާއްޖެއިން ބަލީގައި ނިޔާވި ދެވަނަ މީހާވެސް މެއެވެ.
މިމަހަކީ، ރާއްޖެއިން މިބަލީގައި އެންމެ ގިނަ މީހުން ނިޔާވި މީހުންނެވެ.