8 އަހަރު ދުވަހުގެ ދިގު އިންތިޒާރަކަށް ފަހު، ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން އެތްލެޓިކޯ މެޑްރިޑް ހޯދައިފިއެވެ.
އެތްލެޓިކޯއިން ލީގު ޗެމްޕިއަންކަން ނެގީ، ރޭ ރެއާލް ވަލަޑޮއިޑާ ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށެވެ. ލީގު ޗެމްޕިއަން އެތުލެޓިކޯ ހޯދީ ދެ ޕޮއިންޓްގެ ލީޑަކާއެކު އެވެ. ދެ ވަނައިގައި އޮތް ވާދަވެރި ރެއާލަށް ލީގު ލިބެން އޮތީ، އެތުލެޓިކޯ މެޗުން ބަލިވެ، ވިޔަރެއާލް ގެ މައްޗަށް މެޑްރިޑް ކާމިޔާބު ހޯދުމުންނެވެ.
ހޯސޭ ޒޮރިއްލާ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. މެޗުގައި ރެއާލް ވަޔަޑޮލިޑް ވަނީ 18 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބު ކޮށްފައެވެ. އެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އޮސްކާ ޕުލެނޯއެވެ.
ދެވަނަ ހާފުގައި އެތުލެޓިކޯ މެޑްރިޑް އެއްވަރު ކޮށްފައިވަނީ މެޗުގެ 57 ވަނަ މިނެޓްގައި ކޮރިއާއި ޖަހާދިން ގޯލުންނެވެ. މެޗުގެ 67 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒްވަނީ ގޯލް ޖަހައި ޓީމަށް ލީޑު ހޯދާދީފައެވެ.
މިއީ އެތުލެޓިކޯގެ ކޯޗުކަމާ އެ ޓީމުގެ ކުރީގެ ކެޕްޓަން އާޖެންޓީނާގެ ޑިއޭގޯ ސިމިއޯނީ 2011 ވަނަ އަހަރު ހަވާލުވި ފަހުން، އެ ކްލަބުން ކާމިޔާބުކުރި 8 ވަނަ ތައްޓެވެ.