ކޯވިޑް 19 އަށް ފައްސިވެ ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެ އެވެ.
އެޗްޕީއޭއިން މިކަމާއި ގުޅިގެން ބުނެފައި ވަނީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީ ގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހެނދުނު 08:07 ގައި ނިޔާވެފައި ވާކަމަށެވެ.
މިއާއެކު ރާއްޖެ އިން މިހާތަނަށް މިބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 124 އަށް އަރާފައެވެ.
ރާއްޖޭގައި ހަލުވިކަމާއެކު ބަލި ފެތުރެމުންދާއިރު ބައްޔަށް ފައްސިވާ މީހުންނާއި ބަލީގައި ނިޔާވާ މީހުންގެ އަދަދު ވަނީ ފަހަކަށްއައިސް ބޮޑުތަނުން އިތުރު ވެފައެވެ.