އާރޖެންޓީނާގައި ކޯވިޑް-19 އާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ.
އެ ޤައުމު އަނެއްކާވެސް ކޯވިޑް-19ގެ ރާޅެއްގެ ދަށުވެ، ދުވާލަކު މި ބައްޔަށް ޕޮޒިޓިވްވާ މީހުންެގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް މަތިވަމުންނެވެ. އެ ޤައުމު އަނެއްކާވެސް ފުރަބަންދަކާއި ދިމާލަށް މިސްރާބުޖަހާފައިވާ އިރު، މިއީ އެ ޤައުމުން މި އަހަރު ފުރަބަންދުކުރާ ފުރަތަމަ ފަހަރެވެ.
އެ ޤައުމުން ޖެހިޖެހިގެން 3 ދުވަހުވެސް 35،000 މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މި ހޮނިހިރު ދުވަހު އެ ޤައުމުން ފުރަބަންދުކުރާއިރު، މި ބަންދު މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ދިގުދެންމުމަށް ވަނީ އެ ޤައުމުގެ ސަރުކާރުން ނިންމާފައެވެ.
މިދިޔަ އަހަރު އެހެނިހެން ޤައުމުތަކާއި އެކު، އާރޖެންޓީނާއިން ވަނީ ދުނިޔޭގެ އެހެނިހެން ޤައުމުތަކާއި ޚިލާފަށް ވަރަށް ދިގު ފުރަބަންދެއް ކަނޑައްތުކޮށްފައެވެ. މި ގޮތުން މާރޗުމަހުން ފެށިގެން ޖުލައިމަސް ނިމެންދެން އެ ޤައުމުގައިވަނީ ފުރަބަންދު އިޢުލާންކޮށްފައެވެ.
އެ ޤައުމުގެ މާހިރުން ބުނާ ގޮތުގައި، ފުރަތަމަ ފުރަބަންދާއި އެކުހެން އެ ޤައުމު ވަނީ ބޮޑު އިޤްތިޞާދީ އަނދަވަޅަކަށް ވެއްޓިފައެވެ. އަދި ރަނގަޅަށް ހިންދެމިނުލެވެނީސް އަނެއްކާވެސް ފުރަބަންދެއް ކުރުން ވެގެންދާނީ އެ ޤައުމަށް މާލީ ގޮތުން ވަރަށް ބޮޑު ގެއްލުމަކަށް ވެގެންދާނެ ކަމަކަށެވެ.