ނައިޖީރިޔާ އަސްކަރިއްޔާއަށް ނިޞްބަތްވާ މަތިންދާ ބޯޓެއް ވެއްޓި 10 މީހުން މަރުވެއްޖެއެވެ.
އޮފިޝަލުން ހާމަކުރާ ގޮތުގައި، ނައިޖީރިޔާގެ އަސްކަރިއްޔާގެ އެންމެ މަތީ ފަޑީގައި ހިމެނޭ ލިޔުޓިނެންޓް ޖެނެރަލް އިބްރާހިމް އައްތާހިރުވެސް ވަނީ މިހާދިސާގައި ނިޔާވެފައެވެ. މިކަން ނައިޖީރިއާގެ އޮފިޝަލުން މިހާރުވަނީ ކަށަވަރުކޮށްދެއްވާފައެވެ.
މި ހާދިސާ ހިނގާފައިވަނީ، މޫސުން ތަން ނުދިނުމުގެ ސަބަބުން، މި މަތިންދާބޯޓު ކާޑުނާ އެއަރޕޯޓަށް ޖައްސަންއުޅުމުގެ ތެރޭގައެވެ. މިހާތަނަށް މި ބޯޓު ވެއްޓެން ދިމާވި ސަބަބުން އޮޅުން ފިލުވިފައިނުވި ނަމަވެސް، ބްރިގޭޑިއަރ ޖެނެރަލް މުހައްމަދު ޔެރީމާ ވިދާޅުވިގިތުގައި، މިހާރު މިހާދިސާ ދަނީ ތަހުގީގު ކުރެވެމުންނެވެ. މި ހާދިސާގައި ނިޔާވި އެހެނިހެން ސިފައިންގެ މަޢުލޫމާތު އަދި ވަނީ ޢާންމު ނުކޮށްފައެވެ.
މި ހާދިސާއާއި ގުޅިގެން ނައިޖީރިއާގެ ރައީސް ވިދާޅުވެފައިވަނީ، މިއީ އެ ޤައުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ދެރައެއްކަމާއި، އަދި މި ފަދަ ދަނޑީވަޅެއްގައި ސިފައިންނަށް ލީޑަރެއް ބޭނުންވެފައިވަނިކޮށް އޭނާ ނިޔާވެގެން ދިޔުމީ ފޫނުބެއްދޭވަރުގެ ކަމެއް ކަމަށެވެ.