ކޯވިޑް 19 އަށް ރާއްޖެއިން އިތުރު 1،960 މީހުން ފައްސި ވެއްޖެއެވެ.
އެޗްޕީއޭއިން މިރޭ ބުނީ މާލެ ސަރަހައްދުން އިތުރު 1،518 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން 431 މީހުންނާއި، ރިސޯޓުތަކުން 11 މީހުން ކޮވިޑަށް ޕޮޒިޓިވްވި ކަމަށެވެ. އެ ގޮތުން މިހާތަނަށް 54،365 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އަލަށް ޕޮޒިޓިވްވި މީހުންނާއެކު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 22،421 އަށް އަރައިފައެވެ. އެޗްޕީއޭއިން ހާމަކުރި ގޮތުގައި އޭގެތެރެއިން 294 މީހުންނަށް ފަރުވާދެނީ ހޮސްޕިޓަލުގައެވެ. އަދި މިހާތަނަށް ރަނގަޅުވީ 31،812 މީހުންކަމަށް އެޗްޕީއޭއިން ބުންޏެވެ.
ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެތެރެއިން ނިޔާވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު މިހާތަނަށް 123 މީހަކު ވަނީ ނިޔާވެފައެވެ.