ރާއްޖެއިން ކޯވިޑް 19 ގައި އިތުރު މީހަކު ނިޔާވެ މިހާތަނަށް ނިޔާވި މީހުންގެ ޖުމްލަ އަދަދު 123 އަށް އަރައިފިއެވެ.
މިއީ ރާއްޖެއިން މިބަލީގައި މިއަދު ނިޔާވި 3 ވަނަ މީހާއެވެ.
އެޗްޕީއޭއިން މިކަމާއި ގުޅިގެން މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިރޭ 08:25 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 39 އަހަރުގެ ދިވެހި އަންހެނަކު މިބަލީގައި ނިޔާވެފައި ވާކަމަށެވެ.
މި މަރާއި އެކީ ރާއްޖެއިން ކޯވިޑް 19 ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 123 އަށް އަރާފައެވެ. އެއީ 108 ދިވެހިންނާއި 15 ބިދޭސީންނެވެ.