ގާޒާގައި ހިނގަމުންދާ ލާއިންސާނީ ޢަމަލުތައް ނިމުމުން އެމެރިކާއިން ގާޒާ އަށް އެހީތެރިވާނެ ކަމަށް އެ ޤައުމުގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ރައީސް ބައިޑެން ވަނީ އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތެންޔާހޫ ގާތު ފަލަސްޠީނު މީހުން ގުދުސްގައި ތިބިކަމުގައި ވީ ނަމަވެސް، އެކަމަށް ހުރުމަތް ތެރިކޮށް ހިތުމަށާއި، އަދި އިންސާނީ އެންމެހާ ހައްޤުތައް ގާޒާގެ ރައްޔިތުންނަށްވެސް ފޯރުކޮށްދިނުމަށް ގޮވާލައްވާފައެވެ. އަދި މި ދެ ބައި މީހުންގެ މެދުގައި ސުލްހަވުމަށްވެސް ބައިޑެންވަނީ ގޮވާލައްވާފައެވެ.
”ވެސްޓް ބޭންކުގައި ތިބި ފަލަޞްޠީނު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭ“ ބައިޑެން އިތުރަށް ވިދާޅުވިއެވެ.
ބައިޑެން ވަނީ ފަލަސްޠީނުގެ ރައްޔިތުން އެއީ އަރަތްބެއް ކަމުގައި ވީ ނަމަވެސް، އަދި ޔަހޫދީއެއް ކަމުގައި ވީ ނަމަވެސް، ހަމަހަމަކަންމަތީ އިންސާފު ދެމެހެއްޓުމަށް ގޮވާލައްވާފައެވެ. އަދި ގުދުސްގައި އޮތް ޤަދީމީ އަދާވާތްތެރިކަން ހުއްޓުމުކަށް ގެނައުމަށްވެސް ވަނީ ގޮވާލައްވާފައެވެ.
ބައިޑެން އިތުރަށް ނަތެންޔާހޫއަށް ދަންނަވާފައިވަނީ ފަލަސްޠީނުގެ ރައީސް މަހްމޫދް އައްބާސް އަކީ ފަލަސްޠީނުގެ ރައްޔިތުންގެ ރައީސްކަން ޤަބޫލުކުރެއްވުމަށެވެ.