ކޮވިޑު ބަލީގައި ރާއްޖޭގެ މަޝްހޫރު ޤާނޫނީ ވަކީލު އަލްއުސްތާޒު އަޙްމަދު ޒަނީން އާދަމް ނިޔާވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޒަނީން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މީގެ ހަފުތާއެއް ކުރިންނެވެ. ނިޔާވެފައިވަނީ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މިއަދު މެންދުރުފަހުގައެވެ.
ޒަނީން ނިޔާވީ ޢުމުރުން 59 އަހަރުގައެވެ.
ޒަނީންގެ މަރާއެކު ކޮވިޑު ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު ވަނީ 122 އަށް އަރައިފައެވެ.
ޒަނީންއަކީ ޤާނޫނީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވައިފައިވާ ބޭފުޅެކެވެ.
ޒަނީނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށިއެވެ.