ރައްްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއަށް ފަންޑުކުރި މީހުން ހޯދަން ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން(އެންސީޓީސީ) އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށް ރައީސް ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.
ރައީސް ނަޝީދުގެ ނުރަސްމީ ޓްވިޓާރ އެކައުންޓްކަމަށްވާ ”އެލެކްސް އަހްމަދު“ އިން މިއަދު ވިދާޅުވީ ”ބޮން ގޮއްވައިލައި އަޅުގަނޑު މަރައިލަން އުޅުމުގައި ފައިސާ ޚަރަދުކުރި މީހުން ހޯދުމުގައި އެންސީޓީސީ އިން އެކަށީގެންވާ މަސައްކަތް ނުކުރާކަމަށް އަޅުގަނޑަށް އެބަ ޚަބަރު ލިބޭ“ ކަމަށެވެ.
ހަމަލާއަށް ފަންޑުކުރި މީހާ ކޮބައިތޯ ސުވާލުކުރައްވަމުން މީގެ ކުރިން އެ މަނިކުފާނު ވަނީ ހަމަލާއަށް ފަންޑުކުރި މީހުން ހޯދަން މަރުކަޒީ ބޭންކް(އެމްއެމްއޭ) ނުވަތަ ފުލުހުންނާއި ސިފައިންގާތު އެހުން ބުއްދިވެރި ގޮތެއް ނޫން ކަމަށެވެ.
މި މަހުގެ 6 ވަނަ ދުވަހުގައި ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދިނީ ބާރުގަދަ އައިއީޑީއެއް ގޮއްވައިލައިގެންނެވެ. އެ ހަމަލާއާއި ގުޅިގެން މިހާތަނަށް 4 މީހުން ވަނީ ހައްޔަރުކޮށްފައެވެ.
މީ ދެއުޅިއެއްވާ މީހެއްނޫން. މިހާރު ތިމައްސަލަ ބެލުމަކީ އެހާ މުހިއްމު ކަމެއް ކަމަކަށް ނުފެނެ. ގައުމުގައި މިއުޅެނީ ރައްޔިތުން އަނގައާއި އަތާ ދިމާނުވެގެން. ބޮޑުން މިތިބީ ރައްޔިތުންގެ ފައސާއިން ބަނޑުފުރާ މުއްތިކޮށްގެން. ވައްކަމާއި ފޭރުން އިންތިހާ ދަރަޖާގައި، ފައިސާ ހަރަދު ކުރަންވީ ނިކަމެތި ރައްޔިތު މީހާއަށް. ނިޝީދުގެ ކުޅިވަރު އެބަޖެހޭ ހުއްޓާލަން
ވަރަށް އަރާމް ވާހަކައެއް ތިބުނެލީ. ނަޝީދު އެ އުޅެނީ ރައްޔިތަކަށް ހެވެއްއެދިގެނެއް ނޫން..
ރ ނަޝީދަކީ އޭނާގެދުލުން ތެދެއްބުބާނެ މީހެއްނޫން