ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެތެރެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.
މިއީ މިއަދު ނިޔާވި ދެވަނަ މީހާއެވެ. ނިޔާވެފައިވަނީ 59 އަހަރުގެ ފިރިހެނެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
އެހެންކަމުން ކޮވިޑު ބަލީގައި ނިޔާވި މީހުންގެ ޢަދަދު މިވަނީ 122 އަށް އަރައިފިއެވެ.
މިއަދު ފުރަތަމަ ނިޔާވެފައިވަނީ 48 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވެފައިވަނީ ހުޅުމާލޭ ކޮވިޑު ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.
ކޮވިޑުން ވައްކަންއެބަކުރެވޭނޫން އޯކޭވާނެ