ލަދު ހަޔާތް ނެތް މީހާ ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެކަމަށް ވިދާޅުވެ، އައްޝައިޚް ޢަލީ ޒައިދާއި، ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
މި މަހުގެ 6 ވަނަ ދުވަހުގައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގައި އެ މަނިކުފާނަށް ލިބިވަޑައިގެންފައިވާ އަނިޔާތަކުގެ ފޮޓޯތައް ވަނީ މީސްމީޑިއާގައި ޢާންމުކޮށްފައެވެ.
ރައީސް ނަޝީދުގެ ހުއްދައާއެކު އެ މަނިކުފާނުގެ ފޮޓޯތައް ފުރަތަމަ ޢާންމުކުރެއްވީ އެ މަނިކުފާނުގެ ބޭބެ ޑރ.އިބްރާހިމް ނާޝިދެވެ. އެއަށްފަހު ރައްޔިތުންގެ މަޖިލީހުން ވެސް އެ ފޮޓޯތައް ޢާންމުކުރިއެވެ.
އެ ފޮޓޯތަކާއި ގުޅިގެން ބައެއް ފަރާތްތަކުން ދިޔައީ ސުވާލު އުފައްދަމުންނެވެ. އެ ގޮތުން ރައީސް ނަޝީދަށް އެހައި ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގެންފައިވޭތޯ ބައެއް ފަރާތްތަކުން ސުވާލުކުރިއެވެ. މިކަން މިހެންވެފައި ވަނިކޮށް ރައީސް ނަޝީދުގެ ނުރަސްމީ ޓްވިޓާރ އެކައުންޓްކަމަށްވާ ”އެލެކްސް އަހްމަދު“ އިން ވަނީ އެ މަނިކުފާނުގެ ހަށިކޮޅަށް ލިބިވަޑައިގެންފައިވާ އަނިޔާތައް ވަރަށް ބޮޑަށް ފެންނަ ފޮޓޯއެއް ހިއްސާކުރައްވައިފައެވެ.
އެ ފޮޓޯގައި އެ މަނިކުފާނުގެ ދަތްދޮޅިއާއި ހިސާބުން ފެށިގެން ކަކުލާއި ހަމައަށް ފެނެއެވެ.
މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ރައީސް ނަޝީދަށް އަމާޒުވެފައިވާއިރު، ޝައިޚް ޒައިދު ކަމެއް ސާބިތުކޮށްދިނުމަށް ވެސް އައުރަ އެންމެންނަށް ހާމަކުރުމަކީ ރަނގަޅުކަމެއްނޫން ކަމަށެވެ. އަދި ހުރިހައި ބޭފުޅުން އައުރައަށް ރައްކާތެެރިވުމަށް ޒައިދު ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.
”މީހަކު ފިރިހެނަކާއި ދިމާއަށް ތީ ފިރިހެނެއް ނޫނޭ ބުނީމަ ދެން އެވީ މުންޑު ހިއްލައި އައުރަ ކަޝްފުކުރަންތޯ. އަޢޫޛުބިއްލާހި.“ ޝައިޚް ޒައިދު ވިދާޅުވިއެވެ.
ޝައިޚް ޒައިދު އިތުރަށް ވިދާޅުވީ ލަދުވެތިކަމެއް ނެތް މީހާ ކޮންމެފަދަކަމެއް ވެސް ކޮށްފާނެކަމަށެވެ.
ޝައިޚް ޒައިދު މިހެން ވިދާޅުވެފައިވަނިކޮށް ރައީސް ނަޝީދުގެ ނުރަސްމީ ޓްވިޓާރ އެކައުންޓު އެލެކްސްއިން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ”އޮރިޔާން ވެސް އެހައި ހުތުރެއްނޫން ކަންނޭނގެ“ މިފަދައިން ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން ޝައިޚް ޒައިދު ވިދާޅުވީ އެލެކްސްއަށް ލިބިފައިވާ ގެއްލުމަށް ހިތާމަކުރައްވާ ކަމަށާއި، އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.
”ނަމަވެސް އަޚްލާޤީ އެކިއެކި ކަންކަމާހެދި ކުރިން ވެސް އަޅުގަނޑު ދެންނެވިން އިސްލާމީ ޤައުމެއްގެ ވެރިއަކަށް އެލެކްސް ކުފޫ ހަމަނުވާ ވާހަކަ. އެކަން މިއަދު ވެސް ރައްޔިތުންނަށް ސާބިތުވަމުން މިދަނީ. ވަރަށް ސަލާމް.“ ޝައިޚް ޒައިދު ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ޢިޝާރަތްކުރައްވައި ޑރ.އިޔާޟް ވިދާޅުވީ ލަދުހަޔާތް ނެތިއްޖެ މީހަކު ކޮންމެފަދަކަމެއް ވެސް ކޮށްފާނެ ކަމަށެވެ. އަދި އެފަދަ މީހުންނަށް ހަޑިމުޑުދާރު ކަންތައްތައް ފެންނާނީ ރީތި ކަންތައްތަކެއްގެ ގޮތުގައިކަމަށް ވެސް ޑރ.އިޔާޟް ވިދާޅުވިއެވެ. އަދި ރިވެތި ކަންކަން ފެންނާނީ މުޑުދާރު ކަމެއްގެ ގޮތުގައިކަމަށް ވެސް ޑރ.އިޔާޟް ވަނީ ވިދާޅުވެފައެވެ.
ފޫޅާއި ކަކުލާ ދެމެދު ފެނުނީމަ އެވެސް އަދި ފިރިހެނެއްގެ، މިމީހުން ގައިގެ ނާޒުކު ގުނަވަނުން ވިންދު ޖަހާނަމަ ބުނެވޭނީ ވަހުޝީ ގޮތުން ހައްދު ފަހަނައަޅާފަ ތިބި ބަޔެކޭ ކަލޭ މެންނަކީ.
Hayaah ekanikudayakeenoon nulafaa jaahilu kanves bodee .
ހައްދުފަހަނަ އަޅާފައިވާ މީހުން އަންނި ދެކެ ކަޑަވާނެ އެވާހަކަ ދައްކާތީ ބޭޒާރުވީމާ ދެން ސޭކުންތައް އެކަން ފޮރުވަން އުޅޭނެ ކަމެއް ނެތް ހެހެހެ