މާލޭގައި އިތުރު ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން މިއަދު ފަށައިފިއެވެ.
މާފަންނުގައި ހުންނަ ބޮޑުގޭގައި ހަދާ ޕާކިން ޒޯނުގެ އަމަލީ މަސައްކަތް މިއަދު ފައްޓަވައި ދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ.
މިކަމާއި ގުޅިގެން މާލެ ސިޓީގެ މޭޔަރު ވިދާޅުވީ، މާލެ އަކީ ޕާކު ކުރާނެ ޖާގަ މަދު ރަށެއް ކަމަށާއި، އެހެން ކަމުން ޕާކިން ޒޯނުތަކުގެ ބޭނުން އިންތިހާއަށް ބޮޑު ކަމަށެވެ. އަދި ބޮޑުގޭގައި ހަދާ ޕާކިން ޒޯނުގެ ސަބަބުން އެހިސާބުގެ ރައްޔިތުންނަށް ޕާކު ކުރުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް މޭޔަރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ޑރ. މުއިއްޒު ވިދާޅުވީ، މި ޕާކިން ޒޯނަކީ ހާއްސަކޮށް ސައިކަލުތަކަށް ހާއްސަ ކުރެވިފައިވާ ޒޯނެއް ކަމަށެވެ.
މާލެ ސިޓީގެ މޭޔަރު ކަމުގެ މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު ޑރ. މުއިއްޒު ގެންދަވަނީ، ގިނަ މަސައްކައްތަކެއް ކުރައްވަމުންނެވެ. އެގޮތުން ކުރިން 3000 ރުފިޔާއަށް މަހަކަށް ކުއްޔަށް ދިން ކާރު ޕާކިން ޒޯނުތަކުގެ އަގު އެމަނިކުފާނު ވަނީ ފުރަތަމަ ދުވަހު 750 ރުފިޔާއަށް ކުޑަކޮށްދެއްވާފައެވެ.
Good job.thank you mayor.